Advertisement

ދޮންފަނު ބިން ހިއްކުމުން ހަނިފަރު ބޭގެ ތިމާވެއްޓަށް ގެއްލުންވާނެކަމުގެ ކަންބޮޑުވުން

ސަރުކާރުން ހިމާޔަތް ކޮށްފައިވާ ބ. ހަނިފަރުގެ ސަރަހައްދާ އެންމެ ކައިރިން އޮންނަ ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދުގެ ގުދުރަތީ ވެއްޓަށާއި ވަށައިގެންވާ ރަށްރަށުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމުގެ ކަންބޮޑުވުން ތިމާވެށީގެ ޖަމްޢިއްޔާތަކުން ފާޅުކޮށްފި އެވެ.

398 މީހުންގެ އާބާދީއެއް އޮންނަ ދޮންފަނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް، 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގައި ސޮއިކުރެވިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ރައީސް މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

Advertisement

ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ އިކޯކެއާ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް އެޑްވޮކަސީ މައީދު ޒާހިރު ވިދާޅުވެފައިވަނީ، ހަނިފަރު ބޭއަކީ ޔުނެސްކޯ ބަޔޮސްފިއާ ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ، އެންމަޑިއާއި ފެހުރިހި އެއްވާ ތަނެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ސަރަހައްދެއް ކަމަށެވެ.

ކޮންޓެންޓް ކްރިއޭޓަރ ހަސަން އިޝާން (ސީފްރޮމްދަސްކައި) ވެސް ވަނީ މި މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދުގެ އޮއިވަރަށް އަންނާނެ ބަދަލުތަކާ ގުޅިގެން ހަނިފަރަށް ޖަމާވާ އެންމަޑިތައް އެ ތަނަށް އައުން ހުއްޓިދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

529 ހެކްޓަރުގެ ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭގެ ފަރުތަކަކީ އެންމަޑިތަކުން ކްލީނިން ސްޓޭޝަންތަކެއްގެ ގޮތުގައި ބޭނުންކުރާ ތަންތަނެވެ. މި މަޝްރޫޢުގެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓު ހާމަކުރުމަށް ތިމާވެށީގެ ޖަމްޢިއްޔާތަކުން ވަނީ ގޮވާލާފައެވެ.

ގިނަ އަދަދެއްގެ މަންތާ އާއި ފެހުރިހި ފެންނަ މި ސަރަހައްދަށް ދާ މީހުންގެ އަތުން ނަގާ ފީ ބޭނުންކުރަނީ ބ. އަތޮޅުގެ ވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށެވެ. މިގޮތުން ދޮންފަނުގެ އިރުމަތި ފަރާތުގައި އޮންނަ ހަނިފަރާއި އެ ރަށުގެ ބޮޑު ފަޅުގެ ސަރަހައްދު މިހާރު ބަލަހައްޓަމުން ގެންދަނީ ބ. އަތޮޅު ބަޔޮސްފިޔާ އޮފީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް