ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޝަންގެ ސެކްރެޓަރީ އަދި ޕޮލިޓްބިއުރޯގެ އިސް އޮފިޝަލް ލީ ޝީއާ، ބެއިޖިންގެ ޑިއައޮޔުޓައި ސްޓޭޓް ގެސްޓްހައުސްގައި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ވަޑައިގެންނެވުމުން ލިބުނު މެހުމާންދާރީއަށް ޝުކުރުއަދާކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ލީ ޝީ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާއި، ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ދެ ގައުމުން އެއްބާރުލުން ދިނުމުގެ މައްޗަށް އަލިއަޅުއްވާލެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ލީ ޝީ ދެއްވި ފުރަމާނަޖާފަތަކަށް ފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު