Advertisement

ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް މޫނުބުރުގާ އެޅުން ހުއްދަކޮށްފި

ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނުބުރުގާ އެޅުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން، ހުއްދަކޮށްފި އެވެ.

މިކަން ހުއްދަކޮށްފައިވަނީ ޑީޖޭއޭއިން މިއަދު ނެރުނު ސާކިއުލާއެއްގެ ތެރެއިން، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ ހެދުން އެޅުމާ ގުޅޭގޮތުން އޮތް 129 ވަނަ މާއްދާ އިސްލާހުކޮށްގެންނެވެ. މީގެ ކުރިން މޫނު އަޅައިގެން ވަޒީފާއަށް ނިކުންނާތީ ބައެއް މީހުން ވަޒީފާއިން ވަކިކޮށްފައިވާތީ، މި ބަދަލަކީ ގިނަ ބަޔަކަށް ލިބިގެންދާ ހިތްހަމަޖެހުމެކެވެ.

Advertisement

އިސްލާހު ގެނައުމުގެ ކުރިން ގަވާއިދުގައި އޮންނަ ގޮތުން، ހިދުމަތް ލިބިގަންނަން އަންނަ ބަޔަކަށް މުވައްޒަފު ފާހަގަކޮށް އެނގޭނެ ގޮތަކަށް ހެދުން އެޅުން މަޖުބޫރުކޮށްފައިވެ އެވެ. ނަމަވެސް، އިސްލާހަށްފަހު މޫނުބުރުގާ އެޅުމަށް ހުރަހެއް ނެތްކަމަށް ޑީޖޭއޭއިން ވަނީ ހަމަޖައްސާފަ އެވެ. އެހެންނަމަވެސް، މަސައްކަތުގެ މާހައުލުގައި އުޅޭއިރު އެ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެނަމަ، އެފަދަ މުވައްޒަފެއްގެ މޫނު، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ވަނީ އިތުރުކޮށްފަ އެވެ.

އެ މާއްދާއަށް ގެނައި މި އިސްލާހާ އެއްގޮތަށް މިއަދުން ފެށިގެން، ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކާއި އިދާރާތަކުން އަމަލުކުރުމަށް ޑީޖޭއޭއިން ވަނީ އަންގައިފަ އެވެ. މި ބަދަލާއެކު ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ދީނީ މިނިވަންކަމާއި މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ މިނިވަންކަމެއް ލިބިގެންދާނެކަމަށް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް