Advertisement

އިންޖީނިއަރުންގެ ދުވަހުގެ ތަހުނިޔާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީގެ ފަރާތުން ސްޓެލްކޯގެ ހުރިހާ އިންޖިނޭރުންނަށް

އިންޖީނިއަރުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ސްޓެލްކޯގެ ހުރިހާ އިންޖީނިއަރުންނަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކިޔުއްވައިފިއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވަނީ ސްޓެލްކޯގެ އިންޖީނިއަރުންގެ ހީވަގި މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައެވެ.

Advertisement

“އިންސާނިއްޔަތަށް ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އަގުނުކުރެވޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ، ހީވާގި އިންޖިނިޔަރުންނަށް ޝުކުރާއެކު، އިންޖީނިއަރުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަން”. ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވަނީ ގައުމު ބިނާކޮށް ތަރައްގީގެ މަގުގައި ފަސްޖެހުމެއްނެތި، ދިގުދެމިގެންދާ ގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ސްޓެލްކޯގެ ހީވާގި އިންޖިނިޔަރުން ކުރަމުން ގެންދާ އަގުނުކުރެވޭ މަސައްކަތްތަކަށް ސްޓެލްކޯގެ މުޅި އިންޖީނިއަރުންގެ ޓީމަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާފައެވެ. “އެކިދާއިރާތަކުގެ އިންޖީނިއަރުންގެ ހުނަރާއި ހިތްވަރާ ނުލައި، މިއަދު އަޅުގަނޑުމެން މިދެކޭ ފަސޭހަ ދިރިއުޅުމެއް ލިބިގެން ނުދާނެކަން ކަށަވަރު”. އޭނާ ވިދާޅުވެފައިވެއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ މި ދުވަހަށް ފަރުމާ ކުރެވިފައިވާ ހާއްސަަ ލޯގޯ ދައްކާލާފައެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްތަލިބު ވެސް ވަނީ މި ދުވަހުގެ މުބާރިކްބާދީއާއި ތަހުނިޔާ، ދިވެހި ރާއްޖޭގެ ހުރިހާ އިންޖީނިއަރުންނަށް އަރިސް ކޮށްފައެވެ.

“ޤައުމުގެ ތަރައްޤީއަށް ރާއްޖޭގެ އިންޖިނިއަރުންގެ ޚިދުމަތްތެރިކަމާއި، އިނޮވޭޝަނާއި، މުހިންމު އެއްބާރުލުން ބަލައިގަންނަން.
މި ޤައުމީ އިންޖިނިއަރުންގެ ދުވަހު، ދެމިއޮތް ކާމިޔާބީ އަށް ޓަކައި ހުރިހާ އިންޖިނިއަރުންނަށް ހެޔޮއެދުންތައް އަރިސްކުރަން” މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

“ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ މިއަހަރުގެ ޖޫން މަހުއެވެ. މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ގައުމީ ފެންވަރުގައި އިންޖީނިއަރުންގެ ދުވަސް ފާހަގަ ކުރާނެއެވެ.

ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ ސިނަމާލެ ބުރިޖު ހުޅުވި ދުވަހާ ދިމާކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް