Advertisement

3 އަތޮޅަކަށް ހައިވަކަރު ގަސް ބަހާ ނިމިއްޖެ

ރާއްޖޭގެ ހައިވަކަރު ގަސް ބެހުމުގެ ތާރީހީ މަޝްރޫއުގެ ދަށުން ކ.، އއ.، އދ. އަތޮޅުގައި ގަސް ބަހާ ނިންމާލައިފިއެވެ.

ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައިވަކަރު ގަސް ބެހުމުގެ ތާރީހީ މަޝްރޫއު ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ބާރަށް ކުރިއަށްދާ ކަމަށެވެ.

Advertisement

ހައިވަރަކު ގަސް ބެހުމުގެ ތެރެއިން– ފޮޓޯ: ސަރުކާރު

އެ މަޝްރޫޢުގެ ތެރެއިން، އެމްޓީސީސީއާއި ގުޅިގެން ކ. އަތޮޅާއި، އއ. އަތޮޅު އަދި އދ. އަތޮޅުގެ ރަށްތަކަށް ހައިވަކަރު ގަސް ބެހުން ވަނީ މިހާރު ނިމިފައި ކަމަށެވެ.

މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، ގަސްގަހާގެހި ގިނަކުރުމުގެ މަގްސަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ބޮޑު މަޝްރޫެކެވެ. ހައިވަކަރު ގަހަކީ ގިނަ ދުވަހަށް ދެމިހުންނަ އަދި ތިމާވެއްޓަށް ގިނަ ފައިދާތަކެއް ލިބިދޭ ގަހެއް ކަމުން، އެ މަޝްރޫއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ވެސް ހައިވަކަރު ގަސް ބެހުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ކ. އަތޮޅާއި، އއ. އަތޮޅު އަދި އދ. އަތޮޅަށް ގަސް ބެހުން ނިމިފައިވުމަކީ، މަޝްރޫއުގެ މަގްސަދުތައް ހާސިލްކުރުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް