Advertisement

ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އެންމެ އުތުރުގެ ރަށްތަކަަށް ރީނދޫ ސަމާލު!

ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އެންމެ އުތުރުގެ ރަށްތަކަަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އިން ރީނދޫ ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށެވެ.

Advertisement

މި ސަމާލު ނެރެފައި ވަނީ މިއަދު 16:45 އިން ފެށިގެން މިރޭ 21:00 އާ ހަމައަށެވެ. ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން ވިދާޅުވީ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއްރަށްތަަކަށް ގުގުރުންް އެކަށީގެންވާ ކަމަށެވެ.

އަދި ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެނިހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އިން ވަނީ ލަފާ ކޮށްފަވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

ކަނޑުތައް އުތުރާއި މެދުރާއްޖޭގައި ގަދަވާމެ ކަމަށާއި ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާ ގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އުތުރާއި މެދުރާއްޖެ ތެރޭ ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދު އަދި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދު ކަމަށް މެޓުން ލަފާކުރެއެވެ.

މެޓުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް