Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އިއްޔެ ވިދާޅުވީ އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement

އެ އޮޕަރޭޝަންގައި އެޕާޓްމެންޓަކާއި ދެ ސައިކަލު ބަލާ ފާސްކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އޮޕަރޭޝަންގައި 1،227.9 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހި ފެނިފައިވާ ކަމަށެވެ. އަދި 101،550 ރުފިޔާ ވެސް ފެނިފައިވާ ކަމަށެވެ.އޮޕަރޭޝަންގައި ބަލައި ފާސްކުރި ދެ ސައިކަލު ވަނީ ޓޯ ކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް