Advertisement

ނެޓްފްލިކްސްގެ ތަރި ޓަޒް ސްކައިލާ ރާއްޖޭގައި، އެޑްވެންޗާ ފަތުރުވެރިން ޕްރޮމޯޓް ކުރާނެ

ނެޓްފްލިކްސްގެ މަޝްހޫރު “ވަން ޕީސް” ލައިވް-އެކްޝަން ސިލްސިލާގައި ސަންޖީގެ ދައުރު އަދާކޮށް ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ބްރިޓިޝް-ސްޕެނިޝް އެކްޓަރު ޓެޒް ސްކައިލާ، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި އޭނާގެ ދަތުރު ރާއްޖޭގައި ފަށައިފިއެވެ.

ސްކައިލާގެ އެމްބެސެޑަޝިޕަކީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަޝިޕް ޕްރޮގްރާމްގެ ބައެކެވެ. ސްޓްރޯ ހެޓް ޕައިރޭޓްސްގެ ފަންނުވެރި ކައްކާ ސަންޖީގެ ދައުރު އަދާކުރާ ސްކައިލާ އޭނާގެ އެމްބެސެޑަޝިޕްގެ ތެރޭގައި ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ހާއްސަކޮށް އެޑްވެންޗަރު ފަތުރުވެރިކަމުގެ ފުރުސަތުތައް ޕްރްމޯޓް ކުރުމުގައި ސެޕްޓެމްބަރު 14 އަށް ހަރަކާތްތެރިވާނެއެވެ.

Advertisement

ވިޒިޓް މޯލްޑިވްސްއިން ވިދާޅުވި، ސްކައިލާގެ މި ދަތުރުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް، އެޑްވެންޗަރު ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ތަފާތު މޫދު ކުޅިވަރުތަކާއި ކަނޑުއަޑީގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ތަޖުރިބާކުރާނެ ކަމަށެވެ. އަދި ދިވެހި ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކޮށް ދިވެހީންގެ ދިރިއުޅުމާއި އަދާކާދަ ތަޖުރިބާކުރާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލާގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބެއެވެ. މިފަދަ ނުފޫޒެއް އޮތުމުން، ވިޒިޓް މޯލްޑިވްސްއަށް އާ ބައިނަލްއަގްވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން، ދިވެހީންގެ އާދަކާދައާއި، ރާއްޖޭގެ ކަލިނަރީ އަދި އެޑްވެންޗަރ ފަތުރުވެރިކަމުގެ ވާހަކަތައް، ދިވެހިވަންތަކަމާއި ޝައުގުވެރިކަމާއެކު ދައްކުވާދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވީ ވަރަށް އުފަލާއެކު ސްކައިލާ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ރާއްޖެއަށް މަރުޙަބާ ކިޔާ ކަމަށެވެ

“އޭނާގެ ނުފޫޒާއި ވާހަކަ ކިޔައިދިނުމުގެ ހުނަރުން މުހިންމު ދައުރެއް އަދާކުރާނީ ދިވެހިރާއްޖެއަކީ ޘަޤާފީ، އެޑްވެންޗަރ، އަދި ދިރިއުޅުމުގެ ވައްޓަފާޅީގެ ތަޖުރިބާތައް ލިބޭ މަންޒިލެއްގެ ގޮތުގައި ޕޮޒިޝަން ކުރުމުގައެވެ.”

އެމްއެމްޕީއާރްސީން ވިދާޅުވީ، ސްކައިލާގެ ޒިޔާރަތް މެދުވެރިކޮށް، ވިޒިޓް މޯލްޑިވްސްއިން ކުރިއަށް ގެންދަނީ މުހިންމު މާކެޓްތަކުގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ފުޅާކުރުމުގެ މަސައްކަތެއް ކަމަަށެވެ. މިގޮތުން އާއިލާތަކާއި، ޒުވާން ދަތުރުވެރިންނާއި، އަދި އެޑްވެންޗާ ފަތުރުވެރިން ފަދަ ސެގްމަންޓްތަކަށް ވާސިލްވުމާއެކު، ރާއްޖޭގެ ޕްރިމިއަމް މަންޒިލެއްގެ ގޮތުގައިވާ މަގާމު ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަަމަށް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް