Advertisement

ނޮޅިވަރަންފަރުގައި ބީއެމްއެލް އިސްލާމިކްގެ ބްރާންޗެއް ހުޅުވައިފި

ހދ. ނޮޅިވަރަންފަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ބްރާންޗެއް މިއަދު ހުޅުވައިފިއެވެ.

މި ބްރާންޗް މިއަދު ހުޅުއްވައި ދެއްވީ ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި ކެބިނެޓުގެ ވަޒީރުން މިހާރު ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒުއެވެ.​​​

Advertisement

ނޮޅިވަރަންފަރުގައި ގާއިމު ކުރި ބީއެމްއެލް އިސްލާމިކް ބްރާންޗު ރައީސް މުއިއްޒު ހުޅުއްވައި ދެއްވަނީ– ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލްއިން ނޮޅިވަރަންފަރުގައި ގާއިމު ކުރި ބްރާންޗުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

މި ބްރާންޗް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި، ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަރީފްއާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވެއެވެ.

މި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިންގެ ޚިދުމަތްތަކަށް އިސްކަންދީގެން އާންމު ފަރުދުންނާއި ވިޔަފާރިތަކުން ބޭނުންވާ ފަދަ ޚިދުމަތް ދޭނެ ބްރާންޗެއް މިއަދު ނޮޅިވަރަންފަރުގައި ހުޅުވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ބޭންކިންގ ޚިދުމަތަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުގަނޑުމެން މި ދަނީ މުޖުތަމައުތަކަށް ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ގެންނަމުން.” ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 150 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 208 އޭޓީއެމްއަދި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަންފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް