Advertisement

މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ބިދޭސީއެއް ކަމަށް ބެލެވޭ: ފުލުހުން

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވޯޓާ ޕާކް ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ވޯޓާ ޕާކް ތެރެއިން އޭނާ ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެއާއި އެކީ ފުލުހުން ވަނީ އެސަރަހައްދު ބަންދުކޮށް، އެއީ ކާކުތޯ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

Advertisement

ފުލުހުން މިއަދު ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނިފައިވަނީ ފިރިހެނެއް ކަމަށާއި މިހާތަނަށް މީހާއަކީ ކާކުތޯ ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަހުގީގަށް މިހާތަނަށް ވަނީ ހޯދިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެއީ ކާކުކަން ކަށަވަރު ކުރެވިފައި ނުވާތީ، އެކަން ބެލުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެމީހާގެ ހަށިގަނޑު ވަނީ އެއްކޮށް ކުނިވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް