Advertisement

ހަނިމާދޫ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ހަނިމާދޫގައި އިމާރާތްކުރުމަށް ސަރުކާރުން ނިންމާފައިވާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒުއާއި ކެބިނެޓުގެ މިނިސްޓަރުން ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހަނިމާދޫއަށްދު ކުރެއްވި ޒިޔާރަތުގައި އެކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Advertisement

އެ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހޯމް މިނިސްޓަރު، އަލީ އިހުސާނާއި ފޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ނަޒީމުގެ އިތުރު ހަނިމާދޫ ކައުންސިލްގެ ރައީސް، އަބްދުއް ސައްތާރު ހަސަންއެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާ ކުރެއްވުމަށް ރައީސް، ޑރ. މުއިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިމު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ހިދުމަތް ފަށާ، ރާއްޖޭގައި ކުށް މަދު ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމެކެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމާއި ގޭންގް މާރާމާރީއަށް ހައްލު ގެނައުމަކީ މި ސަރުކާރުން ވަރަށް ބޮޑަަށް ބާރު އަޅައިގެން ކުރިއަށް ގެންދާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް