Advertisement

ގައުމީ ދުވަހާ ގުޅިގެން ސިފައިންގެ ޝަރަފުގެ ހިނގާލުމެއް މާދަމާ

ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހާ ގުޅިގެން، ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އިންތިޒާމުކޮށްގެން ސިފައިންގެ ޝަރަފުގެ ހިނގާލުމެއް މާދަމާ ހަވީރު މާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި، ބަންޑާރަކޮށި ކުރިމަތިން ކަމަށެވެ. މާލޭގެ މައި މަގުތަކުގައި ކުރިއަށްދާ މި ހިނގާލުމުގައި، ލަޝްކަރު ޖުމްލަ ހަތަރު ތަނެއްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިލިޓަރީ ބޭންޑުން ކޮންމެ ތަނެއްގައި ވެސް ރާގު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ލަޝްކަރު ހުއްޓާ ސަރަޙައްދުތައް:

  • ސޯސަންމަގު، ދިވެހިބަހުގެ އެކަޑަމީ ކުރިމަތި
  • މަޖީދީމަގާއި ޗާންދަނީމަގު ގުޅުނު ހަތަރު އަނގޮޅި
  • މަޖީދީމަގު، މިލިޔަން ބުކްޝޮޕް ކުރިމަތި
  • ބޮޑުތަކުރުފާނުމަގު، ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި

މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮއްޓަށެވެ.

ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ފަހުރުވެރި “ގައުމީ ދުވަސް” ގެ ގޮތުގައެވެ.

މި ދުވަސް ފާހަގަކުރަނީ ރާއްޖެ 15 އަހަރާއި ހަ މަސް ދުވަސް ފަހުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކުރި ނަސްރާއި، އައްސުލްތާނުލް ޣާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި، އަދި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަތަލުންގެ ހަނދާނާއި ޒިކުރާ އާ ކުރުމަށެވެ.

މި ޝަރަފުގެ ހިނގާލުމަކީ ގައުމީ ދުވަހުގެ ރޫހު އާލާކޮށް، ދިވެހި ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ބަތަލުންގެ ހަނދާން އާކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. ރައްޔިތުންނަށް މި ހިނގާލުން ބަލާލުމަށް ދިވެހި ގައުމީ ދިފާޢީ ބާރުން ވަނީ ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް