Advertisement

އިންޑިއާ އިން 14 މީހުންގެ ޖާގައިގެ ވޭނެއް އިމިގްރޭޝަނަށް ހަދިޔާކޮށްފި

އަވަށްޓެރި އިންޑިއާއިން 14 މީހުންގެ ޖާގައިގެ ވޭނެއް ރާއްޖޭގެ އިމިގްރޭޝަނާ އިއްޔެ ހަވާލުކޮށްފިއެވެ.

މި ވޭން ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ ހުޅުމާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައެވެ.

Advertisement

އިންޑިއާގެ ފަރާތުން މި ވޭން، އިމިގްރޭޝަންއާ ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަންއެވެ. އަދި އިމިގްރޭޝަންގެ ފަރާތުން މި ވޭނާ ހަވާލުވެވަޑައިގެންނެވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަހުމަދު ފަސީހެވެ.

އިންޑިއާ އިން ރާއްޖެއަށް ވޭނެއް ހަދިޔާ ކުރަން ބޭއްވި ރަސްމިއްޔާތު.

މިއީ އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރެވޭނެ އުޅަނދެކެވެ.

އިންޑިއާ އިން އަންނަނީ ރާއްޖެއަށް އެކި ގޮތް ގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިދިޔަ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

  • 1- ފްރީ ޓްރޭޑް އެއްބަސްވުން
  • 2- 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން
  • 3- ޑޮލަރު ކްރެޑިޓް ލައިން އެއްބަސްވުން
  • 4- މަސްވެރިކަން ތަރައްގީކުރުމަށް އެހީތެރިވުމުގެ ފަހުމުނާމާ
  • 5- ރާއްޖެއަށް ކޮލިޓީ ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުން
  • 6- ތިމާވެށީގެ ދާއިރާ ތަރައްގީކުރުމުގެ އެއްބަސްވުން
  • 7- ޑިޖިޓަލައިޒޭޝަންގެ އެއްބަސްވުން
  • 8- އެމްއެމްއޭގެ ނެޓްވޯކް އިތުރުކުރުމުގެ އެއްބަސްވުން
  • މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް