Advertisement

ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ފަށައިފި

ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ފަށައިފިއެވެ.

ދަރަވަންދޫގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޑައިލިސިސް ހިދުމަތް ފައްޓަވައިދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާމެވެ.

Advertisement

ޑައިލިސިސް ޔުނިޓް— ފޮޓޯ:މިނިސްޓްރީ އޮފް ހެލްތު

ރާއްޖޭގައި މިހާރު ޑައިލެސިސްގެ ހިދުމަތް ނުފެށި އޮތީ އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ.އަތޮޅުގައެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސް ހިދުމަތް ފެށުމަށެވެ.

ޑައިލިސިސްގެ ހިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް ދޭއް ނުވަތަ ތިންދުވަހު މެޝިންގެ އެހީގައި ހޯދާ ހިދުމަތެކެވެ. ޑައިލިސިސް ހެދުމަށް ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ހޭދަވެއެވެ.

މާލެ ސަރަހައްދުން އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުގައި ޑައިލިސިސް ހެދެއެވެ. އޭގެ އިތުރުން ރީޖަނަލް ގިނަ ހޮސްޕިޓަލްތަކާއި ފުވައްމުލަކު އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެ ފަރުވާ ލިބެއެވެ. ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލު އަދި ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން މީގެ ދޮޅު އަހަރުކުރިން ވަނީ ޑައިލިސިސްގެ ހިދުމަތް ފަށައިފައެވެ. ދާދި ފަހުން މ. މުއްޔާއި، ހއ. އިހަވަންދޫ އަދި ނ. ވެލިދޫގައިވެސް މި ހިދުމަތް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް