Advertisement

ހާރިޖީ ވުޒާރާގެ އަންހެން މުވައްޒަފަކު ޖަޕާނުގަައި ނިޔާވެއްޖެ

ހާރިޖީ ވުޒާރާގައި މަސައްކަތް ކުރަމުންދިޔަ އަންހެން މުވައްޒަފެއް ކަމަށްވާ ލުޖައިނާ ތަސްނީމާ ޖަޕާނުގަައި ނިޔާވެއްޖެއެވެ.

ލުޖައިނާއަކީ 2021 ވަނަ އަހަރުން ޑިސެމްބަރުން ފެށިގެން އެ ވުޒާރާގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފެކެވެ.

Advertisement

ސްކޮލާޝިޕެއްގެ ދަށުން ޖަޕާނުގެ ރިޓްސުމައިކަން ޔުނިވާސިޓީގައި މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަން ކޯސް ފުރިހަމަ ކުރުމަށް ފަހު ރާއްޖެ އައުމަށް ތައްޔާރުވަމުންދިޔަ ލުޖައިނާ ނިޔާވިކަން ހާރިޖީ ވުޒާރާއިން އިއުލާން ކުރީ ރޭގައެވެ.

ލުޖައިނާ ދިރިއުޅެމުންދިޔަ ކޮޓަރީގައި އޭނާ ނިޔާވެފައި އޮއްވާ ފެނުނުއިރު، އޭނާ ނިޔާވި ސަބަބެއް ނޭނގެއެވެ.

އެ ވުޒާރާއިން ބުނީ ލުޖައިނާއަކީ މަސައްކަތްތެރި، އޯގާތެރި، ވިސްނުންތެރި، އަދި އެ ވުޒާރާގެ އަގުހުރި މެމްބަރެއް ކަމަށެވެ. އޭނާއަކީ އެންމެންގެ ރަހުމަތްތެރިއެއް ކަމަށާއި އެ ވުޒާރާގެ ތެރޭގައި އޭނާއަށް އުއްމީދީ މުސްތަގުބަލެއް އޮތް ކަމަށް ބުނެފައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް