Advertisement

ކައުންސިލް އިންތިހާބަށް 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ، ވޯކް-އިން އިންޓަވިއު މި މަހު

އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިހާބުގެ މަސައްކަތްތަކަށް 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކޮށްފިއެވެ.

އީސީގެ ވެބްސައިޓުގައިވާ ގޮތުން، މި ވަޒީފާތަކަށް ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވޯކް-އިން އިންޓަވިއުއެއް ބާއްވާނެއެވެ. މި ވޯކް-އިން އިންޓަވިއު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު ކަލާފާނު ސްކޫލްގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. އަދި މި މަހުގެ 30 ވަނަ ދުވަހު ހުޅުމާލެ 2 ގެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ވޯކް-އިން އިންޓަވިއު ކުރިއަށްދާނެއެވެ.

Advertisement

އީސީން ހާމަކުރި ގޮތުގައި، ވޯކް-އިން އިންޓަވިއުއަށް ފަހުވެސް އެ މަގާމުތަކަށް މުވައްޒަފުން ހަމަނުވާނަމަ، އިއުލާނުގައިވާ އަދަދަށް މުވައްޒަފުން ހަމަވަންދެން، އަންނަ މަހުގެ އެކަކުން ފެށިގެން ކޮންމެ 15 ދުވަހަކުން މަގާމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް މީހުން ނަގަމުން ދާނެއެވެ.

މި ވަޒީފާތަކުގެ އިންޓަވިއުތަކާއި އިމްތިހާންތައް ކުރިއަށް ގެންދެވޭނެ ތާރީހީ މުއްދަތެއް ވެސް އީސީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އަންނަ މަހުގެ އެކަކުން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަންގެ އިދާރާގައި އިންޓަވިއުތަކާއި އިމްތިހާންތައް ކުރިއަށްދާނެއެވެ.

އީސީން ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް، އިންތިހާބުގެ ކަންކަން ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޝަންގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދައެވެ. މިގޮތުން ހޯދާ މުވައްޒަފުންނަކީ އިންތިހާބުގެ ކަންކަން ހިންގުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް