Advertisement

އަބްދުއްރަހްމާން މަރާލި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި

އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ގޭގައި ވަރުގަދަ ޒަހަމްތަކާއެކު މަރާލާފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާއަށެވެ. އޭގެ ފަހުން އެރަށުގެ އެހެން ބަޔަކަށް ވެސް އޭނާ ފެނިފައިވެއެވެ.

Advertisement

އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފަހުގައި މިހާރު ވަނީ ވަޅުލާފައެވެ. ފުލުހުން ވިދާޅުވީ ގޮތުގައި އޮޓޮޕްސީ ވަގުތީ ރިޕޯޓުން ވެސް އޭނާ ނިޔާވީ ބޮލަށް ދީފައިވާ އަނިޔާގެ ސަބަބުން ކަން ދައްކާ ކަމަށެވެ.

މި މަރާއި ގުޅިގެން މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ އެކަކަށް ވުރެ ގިނަ މީހުންގެ ފޯނު އަތުލައި ގެތައް ބަލާ ފާސްކޮށްފައި ވެއެވެ. އެ މީހުންނަކީ ވެސް މާޅޮހުގައި ދިރިއުޅޭ ބައެއް ކަން ވަނީ އެނގިފައެވެ. އަދި އެއީ އެ ރަށުގައި ވަޒީފާ އަދާކުރާ ތިން މީހެއް ކަން ވެސް އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ނާޒިމާގެ ފޯނު ފުލުހުން ބަލައިފާސްކުރިއެވެ. ނަމަވެސް އާއިލާ އެހެން މީހެއްގެ ފޯނު ފުލުހުން ހޯދާފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަބްދުއްރަހްމާން އާދަމް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް