ހުޅުމާލޭގައި ބިދޭސީން އުޅޭ ތަންތަން ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް އުޅޭ 11 ބިދޭސީއަކު އިމިގުރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، އިއްޔެ ޓާސްކް ފޯސްއިން ކުރިއަށް ގެންދިއަ ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ބިދޭސީން އުޅޭތަންތަން ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ސައްހަ ލިޔުންތައް ނެތި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ދިޔަ ބިދޭސީން، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އިމިގްރޭޝަނުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕްރޭޝަންތައް ހިންގަމުންނެވެ. މިފަދަ އޮޕަރޭޝަންތަކުގައި އެތަކެއް ބިދޭސީންނެއް މިހާތަނަށް އަތުލައިގަނެވިފައިވާއިރު ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރަން އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައްވެސް ކުރިއަށްގެންދާކަން ފާހަގަކޮށްލަންޖެހެއެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ކުރިއަށް ގެންދިއަ ރެއިޑް އޮޕަރޭޝަނެއްގައި ހުޅުމާލޭގައި ބިދޭސީން ހަރަކާތްތެރިވާ ތަންތަން ވަނީ ބަލައިފާސްކޮށްފައި. އެގޮތުން ސައްހަ ވިސާއެއްނެތި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 11… pic.twitter.com/ijX1mujv3J
— Maldives Immigration (@ImmigrationMV) August 19, 2025
އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.


ކިޔުންތެރިންގެ ހިޔާލު