Advertisement

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ސްޕެއިންގެ ފިރިހެނަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ސްޕެއިންގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އެ މީހާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތީގެ ޓްރެފިކްކުރުމުގެ ތުހުމަތެވެ. އޭނާއަކީ ސްޕެއިނަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ.

Advertisement

އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އަމުރުގައި ވިދާޅުވެފައިވަނީ އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އޭނާ ރާއްޖެ އައިރު ލަގެޖްގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ ކަމަށް ވެއެވެ.

އޭނާ އާއި ދިވެހީންގެ އިތުރު ބަޔަކު ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ކަމަށާއި ފެނުނު ތަކެތި ފީލްޑް ކިޓުން ކޮކެއިންނަށް ޕޮސިޓްވެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި ކޮންޓްރޯލް ޑެލިވަރީ ހިނގިފައިވާ ކަމަށް ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް