Advertisement

ގާސިމާއި ދަރިކަލުންނާއި ބެހޭ ގޮތުން ޔާމީން ދެއްކެވި ވާހަކަ ޖޭޕީން ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް އާއި ދަރިކަލުންނާއި ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދެއްކި ވާހަކަތައް ޖުމްހޫރީ ޕާޓީން ކުށްވެރިކޮށް ޔާމީންއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުުމުގެ މަސައްކަތް ފަށައިފިއެވެ.

މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ، ގާސިމް އާއި ދަރިފުޅު ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށެވެ. އަދި ގާސިމް ޖަލަށްލި ވާހަކަ ދައްކަވަމުން ޔާމީނު ވަނީ ދޮގު ތުހުމަތުތަކެއް ކުރައްވާފައެވެ.

Advertisement

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ޔާމީން ދެއްކެވި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަކާއި ގުޅިގެން ޔާމީންގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި ޔާމީންގެ އެކައުންޓުގައި ފަސް މިލިއަން ޑޮލަރު ހުންނެވި ކަމަށް ފާޅުގައި ބުނަމުން ދިއުމާއި އެ ފައިސާއަކީ ބޭރުގެ އެކިއެކި ފަރާތްތަކުން ޔާމީންއަށް ދިން ފައިސާ ކަމަށް ބުނަމުންދާތީ އެވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ ހިތުގައި ގިނަ ސުވާލު އުފެދިގެންދާ ކަމަށް އަލީ ސޯލިހު ވަނީ ވިދާޅުވެފައެވެ.

“ގާސިމް އާއި އެމަނިކުފާނުގެ ދަރިކަލުންނާއި ބެހޭގޮތުން ދައްކާފައިވާ ސާބިތު ނުހިފޭ ދޮގު ބުހުތާނު ވާހަކަ ދައްކާފައިވާތީ، މިކަމާއި ގުޅިގެން ޔާމީން އާއި ދެކޮޅަށް ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ޖޭޕީ ގާނޫނީ ބޭފުޅުންގެ ފަރަތުން ބަލަމުން އެބަދޭ، އަދި މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން.” އަލީ ސޯލިހު ވިދާޅުވިއެވެ.

ހަމައެއާއެކު ޔާމީން ދައްކާފައިވާ އަސާސެއް ނެތް ވާހަކަތަކާއި ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ވެސް ޖުމްހޫރީ ޕާޓީން ވަނީ ވިދާޅުވެފައެވެ.

ޔާމީން ދިން އިންޓަވިއުގައި ޔާމީން ވަނީ ކުރީގެ ރައީސުންނަށް ވެސް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުއާ ދެކޮޅަށް ދެއްކެވި ވާހަކަ ކުށްވެރިކޮށް ޔާމީނުއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މައުމޫން އޮފީހުން ނެރުނު ބަޔާނުގައިވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް