ހުޅުމާލެއިން ގެއްލުނު 2 ލައްކަ ރުފިޔާގެ މުދާ ހޯދައިފިިއެވެ.
ނިމިދިޔަ ޖުލައި މަހު އެކި މައްސަލަތަކުގައި ގެއްލިގެން ރިޕޯޓުކުރި މުދަލާއި ފައިސާގެ ތެރެއިން، 212،870 ރުފިޔާގެ މުދަލާއި ފައިސާ ހުޅުމާލެ ފޭސް އެކަކާއި ދެއަކުން ފުލުހުން ހޯދައިފިއެވެ.
ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުޅުމާލެ ފޭސް 1ގެ ޕޮލިސް ސްޓޭޝަނުން ނިމުނު ޖުލައި މަހު 21،458 ލޮކޭޝަން ޗެކުކޮށް، ފޭސް 1 ގައި މަގުގައި ޕެޓްރޯލްކުރުމަށް 657 ގަޑިއިރު ހޭދަކޮށްފައިވެއެވެ. އަދި ޕެޓްރޯލްކުރުމުގެ ތެރެއިން 1،249 މީހުން ހުއްޓުވައި ސުވާލުކުރިއިރު އޭގެ ތެރޭގައި ކުށުގެ ރެކޯޑު އޮތް 589 މީހަކާއި، ކުށުގެ ރެކޯޑު ނެތް 786 މީހުން ހިމެނެއެވެ.
ފޭސް 1 ން ޖުލައި މަހު ހޯދާފައިވާ މުދަލުގެ ތަފާސްހިސާބަށް ބަލާއިރު، 60،000 ރުފިޔާ 2 ސައިކަލު ހިމެނެއެވެ. އަދި 75،000 ރުފިޔާގެ އަގު ބޮޑު 11 މޮބައިލް ފޯނުގެ އިތުރުން 10000 ރުފިޔާގެ 5 އިލެކްޓްރޯނިކް ސާމާނުގެ އިތުރުން 1،925 ރުފިޔާ ހިމެނެއެވެ.
ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ޕޮލިސް ސްޓޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ޖުލައި މަހުގެ ތަފާސް ހިސާބު pic.twitter.com/iPENwgQL17
— Maldives Police (@PoliceMv) August 13, 2025
އެހެނިހެން ތަކެތީގެ ގޮތުގައި 42 އެއްޗެއް ހިމެނޭއިރު އޭގެ ތެރޭގައި އައިޑީކާޑާއި ކޭޝް ކާޑު ހިމެނޭކަން ދިވެހި ފުލުހުން ހާމަކޮށްފައިވާ ތަފާސް ހިސާބުން ދައްކައެވެ.
ނިމިދިޔަ ޖުލައި މަހު ހުޅުމާލެ ފޭސް 2 ކުން 8،030 ލޮކޭޝަން ޗެކުކޮށް، ފައިމަގުގައި 470 ގަޑިއިރާއި، 25 މިނެޓު ވަނީ ޕެޓްރޯލްކޮށްފައެވެ. ޕެޓްރޯލްކުރުމުގެ ތެރެއިން 389 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުށުގެ ރެކޯޑު ނެތް 89 މީހުންނާއި ކުށުގެ ރެކޯޑު އޮތް 300 މީހުން ހިމެނެއެވެ.
ފޭސް 2 ކުން ޖުލައި މަހު ހޯދާފައިވާ މުދަލުގެ ތަފާސްހިސާބަށް ބަލާއިރު، 62،045 ރުފިޔާގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި 3،900 ރުފިޔާގެ އަގުހުރި ތަކެތި ހިމެނެއެވެ.
ފުލުހުން ބުނި ގޮތުގައި ފުލުހުންގެ ޚާއްސަ ‘ސްޓޮޕް އެންޑް ސާޗް އޮޕަރޭޝަން’ތައް ހިންގަނީ، ކުށުގެ އަމަލުތައް ގިނަ ސަރަހައްދުތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަންތަނުގައެވެ. އަދި އޭގެ ސަބަބުން ހުއްޓުވައި ބަލައި ފާސްކުރާ މީހުންގެ ތެރެއިން ގިނަ އިންސައްތައަކީ ކުރީގެ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުނެއެވެ.
ދިވެހި ފުލުހުން ހިދުމަތުން ބުނީ އެއީ އިއްތިފާގެއް ނޫން ކަމަށާއި، އެއީ ކުށްކުރުން ހުއްޓުވުމުގެ ކުރިން އެކަން ހުއްޓުވައި އެކަމަށް ހުރަސް އެޅުމަށް އެކުލަވާލާފައިވާ އިންޓެލިޖެންސް ބޭސްޑް ސްޓްރެޓެޖީގެ ނަތީޖާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު