ޒުވާނުން ބާރުވެރިކޮށް، ވަޒީފާގެ ފުރުސަތުތަކަށް ތައްޔާރުކުރުމަށް ކެރިއާ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ (އެމްއައިޓީ) އާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ އަހްމަދު މުހައްމަދެވެ. އަދި އެމްއައިޓީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކޮލެޖްގެ ޑިރެކްޓާ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމެވެ.
އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، އެމްއައިޓީއާ ގުޅިގެން އަންހެނުންނާއި ޒުވާނުން، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމުގެ ޕްރޮގްރާމުތައް ކުރިއަށްގެންދާނެއެވެ. މިގޮތުން، ސްކޫލް ނިންމައި ވަޒީފާގެ މާހައުލަށް އަލަށް ނުކުންނަ ދަރިވަރުންނަށް އެ ފުރުސަތުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކެރިއަާ ގައިޑެންސް ޕްރޮގްރާމުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި އެމްއޯޔޫގެ ދަށުން ހިންގާނެ ހއްސަ ޕްރޮގްރާމުތަކުގެ ތެރޭގައި ޒުވާނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ ޑޮމެސްޓިކް އެޕްލައަންސް ސޭފްޓީ ޕްރޮގްރާމްތަކާއި، މޮޓޯ ސައިކަލް ރިޕެއާ އެންޑް މެއިންޓެނެންސް ޕްރޮގްރާމުތައް ހިމެނެއެވެ. މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހައްސަކޮށްގެން، ވީލްޗެއާ ރިޕެއާ އެންޑް މެއިންޓެނެންސް ޕްރޮގްރާމުތައްވެސް ކުރިއަށްގެންދާނެއެވެ.

ޒުވާނުންނަށް ހާއްސަކޮށް ކެރިއާ ގައިޑެންސް ދިނުމަށް އެޗްޑީސީން އަބަދުވެސް އިސްނަގައިގެން މިފަދަ ޕްރޮގްރާމުތައް ހިންގަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެފައި ވެއެވެ. އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މިފަދަ ގިނަ ޕްރޮގްރާމުތައް ހިންގައި، ދިވެހި ޒުވާނުން ބާރުވެރިކުރުވައި، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ކުރިއެރުވުމަކީ އެޗްޑީސީގެ މުހިންމު އަމާޒެކެވެ.


ކިޔުންތެރިންގެ ހިޔާލު