Advertisement

އަލްސަން ދަރިފުޅާ! ތިޔައީ މަންމަޔާ ބައްޕަގެ މުޅި ދުނިޔެ: އަޝްފާ

މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު މަގުމަތީ އެކްސިޑެންޓެއްގައި ނިޔާވިތާ އެއް މަސް ފުރުމާ ދިމާކޮށް، އަސަރުން ފުރިގެންވާ މެސެޖެއް އަޝްފާ ހިއްސާކޮށްފިއެވެ.

އަޝްފާގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އަލްސަންގެ ވަކިވުމަކީ މަންމަ އާއި ބައްޕައަށް އުފުލޭ ވަރަށް ވުރެ މާ ހައިބަތު ބޮޑު ހިތްދަތި ކަމެއް ކަމަށެވެ.

Advertisement

މަންމަ އާއި ބައްޕަގެ ހިތާމަތަކާއި ރިހުންތަކަށް ކިރިޔާ ވެސް ލުޔެއް ލިބެނީ މާތްﷲ އާއި ދަރިފުޅު ދެކެ ވާ ލޯބީގެ ހައްގުގައި ކުރާ ނަމާދާއި ކުރާ ދުއާ އާއި ޒިކުރުތަކާއި ކީރިތި ގުރުއާނުގެ އާޔަތްތަކުގެ އެހީ އާއި މަދަދުން ކަން އިހްސާސްކުރެވޭ ކަމަށް އަޝްފާ ބުންޏެވެ.

އަޝްފާ އާއި އޭނާގެ ކުރީގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅު އަލްސަން، އުމުރުން އެންމެ 17 އަހަރުގައި ނިޔާވީ މިދިޔަ މަހު 14 ގައެވެ.

އަލްސަން ނިޔާވީ މާލޭ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެކްސިޑެންޓުގައި އޭނާ ދުއްވި ސައިކަލު، މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި، ޕިކަޕެއްގައި ޖެހި ލިބުނު އަނިޔާގަ އެވެ.

އަޝްފާ ބުނީ މަންމަ އާއި ބައްޕަ އަދި ދެ ފަރާތުގެ މުޅި އާއިލާ އާއި އަލްސަންގެ އެންމެ ގާތް އެކުވެރިންނާއި އެ ކުދިންގެ މައިންބަފައިން ވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ.

“އެ ހުރިހާ ހިތްތަކެއްގައި ދަރިފުޅަށްޓަކާ ހާއްސަ ޖާގައެއްވާ ކަން ދަރިފުޅުގެ ވަދާއީ ވަގުތުކޮޅުގައި ވެސް ފެނިގެންދިޔަ. އިހުސާސް ކުރެވިގެން ދިޔަ،” އަޝްފާ ބުންޏެވެ.

“އެވަރުގެ ޖަނާޒާއަކާއި އެވަރުގެ ކަށުނަމާދެއް ދަރިފުޅަށް މިންވަރުކޮށްދެއްވި ކަމަށްޓަކާ اللہ سبحانہ وتعالیގެ ހަޒްރަތައް ހަމްދާ ޝުކުރު ކުރަން.”

އަލްސަން ކަށުނަމާދު ބޭއްވީ މާފަންނު އާސަހަރާގައެވެ. އެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް