Advertisement

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް 14 ބޭފުޅަކު ކުރިމަތިލައްވައިފި

އި ކޯޓުގެ ފަނޑިޔާރު ކަމަށް ނުވަ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ހައި ކޯޓުގެ ބެންޗުން ހުސްވި ދެ މަގާމަކަށް ކުރިމަތިލާން ކުރިން ވެސް ހުޅުވާލި ފުރުސަތުގައި 17 ބޭފުޅަކު ކުރިމަތިލެއްވި އިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ

Advertisement

މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވި ބޭފުޅަކަށް މަގާމު ދިނުމަށެވެ. އެ ގޮތުން:

  • ޖޭއެސްސީން ނިންމީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަދި ވެރިކަންކުރާ ޕީއެންސީގެ ލީގަލް ޓީމުގައި މަސައްކަތްކުރެއްވި މުހައްމަދު ޝަހީދު އައްޔަންކުރުމަށް
  • މި ނިންމުމަށް ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވި އިރު، ކުރިމަތިލެއްވި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ސީނިއާ ވަކީލެއް ކަމަށްވާ އަހުމަދު ނައުޝާދު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި
  • ކޯޓުން މައްސަލަ ބަލައިގެންފައިވަނިކޮށް ޝަހީދު ވަނީ އޭނާގެ އެޕްލިކޭޝަން ބާތިލްކޮށްފައި

ޝަހީދުގެ ނަން އަނބުރާ ނެންގެވުމުން، ދެން ކުރިމަތިލާން ހުޅުވާލި ފުރުސަތުގއި 14 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނަކީ:

1- ޝުޖާއު އުސްމާން (ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު)
2- އިބްރާހީމް ނާސިހް (ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އިސް ވަކީލެއް)
3- އިބްރާހީމް މާހިރު (ފެމިލީ ކޯޓުގެ އިސް ގާޒީ)
4- ސުލައިމާން މުހައްމަދު (ކުރެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް)
5- ހަސަން ފަހީމް އިބްރާހީމް (ސިވިލް ކޯޓުގެ ގާޒީ)
6- އުއްމު ކުލްސޫމް އަބޫބަކުރު
7- އަލީ ނަސީރު
8- މުހައްމަދު އިބްރާހީމް (ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް)
9- މުހައްމަދު ޒާހިދު
10- އަޝްފާގު ނައީމް
11- މުހައްމަދު ނިޝާތު
12- އަބްދުލްމުހުސިން އަބްދުލްހަކީމް (ނިލަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް)
13- މުހައްމަދު ހާޝިމް (ސ. ހިތަދޫ ދާއިރާގެ އިސް މެޖިސްޓްރޭޓް)
14- މަރިޔަމް ހަނީފާ ހާލިދު (ގާނޫނީ ވަކީލެއް؛ އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރުކަން ކުރެއްވި)

ހައި ކޯޓުގެ ފަނޑިޔާރުގެ މުސާރައަށް ލިބެނީ:

  • އަސާސީ މުސާރަ މަހަކު 45،700ރ.
  • ލިވިން އެލަވަންސް މަހަކު 18،000ރ.
  • ރިސްކް އެލަވަންސް މަހަކު 3،300ރ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • އުމުރުން 25 އަހަރު ފުރިފައިވުން
  • އިސްލާމީ ޝަރީއާ ނުވަތަ ގާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް