މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދެވިފައިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯޯއިން ބުނީ މިހާރު ވަނީ މުޅި މާލެއަށް ކަރަންޓު ދެވިފައިކަމަށެވެ.
މުޅި ހުޅިމާލެއަށް ކަރަންޓްދީ ނިންމާލެވިފައިވާކަމަށް ސްޓެލްކޯއިން ކުރިން ވަނީ ބުނެފައެވެ. ހުޅުމާލޭގެ ހުރިހާ ސަރަހައްދުތަކަށް ކަރަންޓް ދީނިންމާލިކަން އެ ކުންފުނިން ހާމަކުރީ 11:30 ހާއިރުއެވެ.
”ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން. ދިމާވި ދަތިތަކަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދެން.” ސްޓެލްކޯއިން ބުންޏެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:35 ހާއިރުއެވެ.
މި މައްސަލަ ދިމާވި ސަބަބު ސްޓެލްކޯއިން އަދި ހާމައެއްނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު