Advertisement

އަނެއްކާވެސް ގެދޮރުވެރިޔާ ސްކީމާ ގުޅޭ ސްކޭމެއް: ސަމާލުވޭ!

ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ދައުރުވަމުންދާ ޞައްޙަނޫން މަޢުލޫމާތުތަކަށް ރައްޔިތުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމަށް ކުރިން ހުށަހަޅާފައިވާ ފޯމުތައް ބާޠިލުކޮށް، އަލުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިކަމަށާއި، އެ ފޯމު ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ މެސެޖުތަކެއް ދަނީ ފެތުރެމުންނެވެ. ނަމަވެސް، މިއީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެކެވެ.

Advertisement

މީގެ ކުރިންވެސް މި ސްކީމާ ގުޅިގެން އޮޅުވާލުމުގެ މަޤްޞަދުގައި ފޮނުވާ މެސެޖުތަކެއް ދައުރުވަމުންދާތީ، ފުލުހުންގެ ޚިދުމަތުން ވަނީ މިފަދަ ކަންކަމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ޝައްކުކުރެވޭ ލިންކެއް ލިބިއްޖެނަމަ 911 އަށް ރިޕޯޓުކުރުމަށްވެސް އެދިފައިވެއެވެ.

ގެދޮރުވެރިޔާ ޕޯޓަލްއިން އެއްވެސް ލިންކެއް ނުފޮނުވާނެކަން ފާހަގަކޮށްލަން ޖެހެއެވެ. އެ ޕޯޓަލްއަކީ އީ-ފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

މިފަދަ ޞައްޙަނޫން މަޢުލޫމާތުތަކަށް ސަމާލުވެ، ރަސްމީ ފަރާތްތަކުން ދޭ މަޢުލޫމާތުތަކަށް އިސްކަންދިނުމަށް އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް