ހދ. ކުމުންދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ހަތަރު މީހުންނާ އެކު އެރަށް ކައިރިން ބަންޑުން ޖަހާލި ލޯންޗަކުން ކަނޑުވެ، ހާލު ދެރަވި ދެ މީހަކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ކުޅުދުއްފުއްޓަށް ގެންގޮސްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ ލޯންޗް ކައިރިން ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު ހެނދުނު 08:45 ހާއިރު ކަމަށެވެ.
އަދި މައުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗު އެ ސަރަހައްދަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކޮށް، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެ ދެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
އިތުރު ތަފްސީލް އަންނަނީ…


ކިޔުންތެރިންގެ ހިޔާލު