Advertisement

ދަނޑުވެރި ނަފާ ލޯނު 45 ދަނޑުވެރިއަކަށް ދޫކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެން ދޫކުރެވޭ ދަނޑުވެރި ނަފާ ލޯނު ސްކީމްގެ ދަށުން މިހާތަނަށް 45 ފަރާތަކަށް ލޯނު ދޫކުރެވިފައިވާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ލޯނު ސްކީމްގެ ދަށުން ލޯނު ދޫކުރެވެނީ ދަނޑުވެރިންގެ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ދަނޑުވެރިންނަށެވެ. މިނިސްޓްރީގެ މަޢުލޫމާތު ދެއްވާގޮތުން، މި ޕޯޓަލްގައި މިހާތަނަށް 6،699 ދަނޑުވެރިން ރަޖިސްޓްރީވެފައިވެއެވެ.

Advertisement

ދަނޑުވެރި ނަފާ ލޯނު ސްކީމްގެ ދަށުން ދެ ބާވަތެއްގެ ލޯނު ދޫކުރެވެއެވެ. އެއީ 100،000 ރުފިޔާއާ ހަމައަށް ނެގޭ ލޯނާއި، ދެ މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ލޯނެވެ. މިނިސްޓްރީން ފާހަގަކުރައްވާ ގޮތުގައި، އެންމެ ގިނަ ދަނޑުވެރިން ނަގާފައިވަނީ ދެ މިލިއަން ރުފިޔާގެ ލޯނެވެ.

މި ލޯނު ސްކީމްގެ ދަށުން ދޫކުރެވޭ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 6 އިންސައްތައެވެ. އެއްލައްކަ ރުފިޔާއާ ހަމައަށް ނެގޭ ލޯނުތައް އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވަނީ ތިން އަހަރުގެ މުއްދަތުއްދަތެކެވެ. އަދި ދެ މިލިއަން ރުފިޔާއާ ހަމައަށް ދޫކުރެވޭ ލޯނުތައް އަނބުރާ ދެއްކުމަށް ދެވިފައިވަނީ ގިނަވެގެން ހަތް އަހަރުގެ މުއްދަތެކެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް، ޚާއްޞަކޮށް އަންހެނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން މާލީ އެހީތެރިކަން ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވެސް މިނިސްޓްރީން ވަނީ ފަހަކަށް އައިސް ހުޅުވާލާފައެވެ.

މިނިސްޓްރީގެ މަޢުލޫމާތު ދެއްވާގޮތުން، މި ފުރުޞަތު ހުޅުވާލާފައިވަނީ ކޮމަން ފަންޑް ފޯ ކޮމޯޑިޓީސްގެ ފަރާތުންނެވެ. މި ފުރުޞަތު ޚާއްޞަކުރެވިފައިވަނީ އެންމެ ކުރިއަރާފައިނުވާ ޤައުމުތަކަށާއި، ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށެވެ. މި ފަންޑިންގއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން” ޝޯ ނުބޭއްވޭނެކަން އަންގައިފި

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް