Advertisement

އައިފޯން 17 އެއާ: އައިފޯން އާއިލާއަށް މުޅިން އާ މެމްބަރެއް

އައިފޯން ސީރީޒްގެ 17 ވަނަ ޖީލު އަންނަ ސެޕްޓެމްބަރުގައި ތަޢާރަފުކުރުމަށް ހަމަޖެހިފައިވެއެވެ. މި ސީރީޒްގެ އައު އިތުރުވުމެއްގެ ގޮތުގައި “އައިފޯން 17 އެއަރ” ވެސް ސެޕްޓެމްބަރުގައި އާންމު ވިޔަފާރިއަށް ނެރުމަށް ރޭވިފައިވެއެވެ.

އެޕަލްގެ އައިފޯން 17 އެއަރ އަމާޒުކުރެވިފައިވަނީ އުފެއްދުންތެރި، ޒަމާނީ އަދި ވާދަވެރި ޖީލަކަށެވެ. މިއީ ވާދަވެރި ބްރޭންޑްތަކާ ވާދަކުރުމަށް އެޕަލުން ތަޢާރަފުކުރާ އުފެއްދުމެކެވެ.

Advertisement

ރިޕޯޓުތަކުގައި ފާހަގަކުރެވިފައިވާ ގޮތުގައި އައިފޯން 17 ސީރީޒްގައި ހިމެނެނީ އައިފޯން 17، އައިފޯން 17 އެއަރ، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްއެވެ.

ޚަބަރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި އައިފޯން 17 ސީރީޒްގައި އައިފޯން 17 ޕްލަސް ހިމެނިފައެއް ނުވެއެވެ. މިއަށް ސަބަބެއްކަމަށް ބެލެވެނީ މި މޮޑެލްގެ އެއްވެސް ޖީލެއް އެކަށީގެންވާ މިންވަރަކަށް ވިއްކިފައިނުވުމެވެ.

އައިފޯން 17 ސީރީޒްގެ ފޯނުތައް، ކުރީގެ އަހަރުތަކުގައި ނެރެފައިވާ އައިފޯންތަކާ އަޅާބަލާއިރު މާބޮޑު ތަފާތެއް ނުހުންނާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް، އައިފޯން 17 އެއަރގެ ޑިޒައިނާއި ސޮފްޓްވެއަރ އިންޓަފޭސްގައި ފާހަގަކުރެވޭ ބަދަލުތަކެއް ގެނެވިފައިވާނެކަމަށް ބެލެވެއެވެ.

އައިފޯން 17 އެއަރ އަކީ ޚާއްޞަ ގޮތެއްގައި ތުނި އަދި އަތުގައި ގެންގުޅުމަށް ފަސޭހަ ފޯނަކަށް ވާނެކަމަށް ލަފާކުރެވެއެވެ. މި ފަސޭހަކަން ހޯދުމަށްޓަކައި، ބެޓެރީގެ ޙަޖަމު ކުޑަކުރެވިފައިވެއެވެ. މީގެ މާނައަކީ މި ބްރޭންޑްގެ އެހެނިހެން ފޯނުތަކާ އަޅާބަލާއިރު އައިފޯން 17 އެއަރ އަވަސްއަވަހަށް ޗާޖުކުރަން ޖެހިދާނެކަމެވެ.

އައިފޯން 17 އެއަރގެ ސްކްރީން ސައިޒަކީ 6.6 އިންޗިއެވެ. މިއީ 120 ހާޓްޒްގެ ޕްރޮމޯޝަން ރޭޓެއް ހިމެނޭ ޑިސްޕްލޭއެކެވެ. މި ފޯނަށް އެކަށޭނަ ގޮތަށް އޭ19 ޗިޕްސެޓަށްވެސް ބަދަލުތަކެއް ގެނެވިފައިވާކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ. ޗާޖުކުރުމަށް ބޭނުންކުރެވޭނީ ޓައިޕް-ސީ ޕޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން” ޝޯ ނުބޭއްވޭނެކަން އަންގައިފި

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް