Advertisement

ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިފި

މާލެއިން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ “އަލްމަޖްރާ” ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި އަޑިއަށް ގޮސްފައިވާކަމުގެ މަޢުލޫމާތު މިއަދު ފަތިހު 5:34 ގައި ފުލުހުންނަށް ލިބުނެވެ.

މި ހާދިސާއާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ދޯނީގައި ދަތުރުކުރި 3 ފަސިންޖަރުން ހާލުގައި ޖެހި ފަރުމަތީގައި ތިބިތަން ފެނުނެވެ. އެ ފަރާތްތައް ފުލުހުންގެ ލޯންޗަށް ނަގައި މިހާރުވަނީ ފެލިދޫއަށް ގެންގޮސްފައެވެ. ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި މި 3 ފަރާތުގެ ހާލު ރަނގަޅު ކަމނގަޅު ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ ރައްޔިތުންނެވެ.

Advertisement

ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ދޯނި އަޑިއަށް ދިޔައިރު އޭގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާއާއި އެ ބާވަތުގެ އެހެނިހެން ސާމާނު ހުރިކަމަށް ފަސިންޖަރުން މަޢުލޫމާތު ދީފައިވެއެވެ. މި ތަކެތި މޫދަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް