Advertisement

އެމްސީބީ އިން ނެގި ލޯނެއް ދެއްކުމަށް ޖާހުގެ މައްޗަށް ހުކުމް ކޮށްފި

މޮރިޝަސް ކޮމާޝަލް ބޭންކުން ނަގާފައިވާ ލޯނަކަށް 40 ހާހަށްވުރެ ގިނަ ޑޮލަރު ދެއްކުމަށް ޖާހް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުން މި ހުކުމް ކޮށްފައިވަނީ މޮރިޝަލް ކޮމާޝަލް ބޭންކުން ޖާހް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ކުރުމުއްދަތުގެ ލޯނެއް، އަނބުރާ ދެއްކުމުގެ މުއްދަތު ފަހަނަ އަޅައި ދިޔައިރުވެސް އެފައިސާ ނުދެއްކުމުންނެވެ.

Advertisement

އެމްސީބީން ޖާހްގެ މައްޗަށް ކުރި ދައުވާގައި އެދިފައިވަނީ، 2021 ވަނަ އަހަރު ޖާހް ކުންފުނިން ނަގާފައިވާ ލޯނަށް މިހާތަނަށް ދައްކަންޖެހޭ 43،101.68 ޑޮލަރާއި ޝަރީއަތުގެ ހަރަދަށް ކުރަންޖެހުނު 25،951.67 ރުފިޔާގެ އިތުރުން ލޯނު ނުދައްކައިފިނަމަ، ލޯން އެގްރީމަންޓްގެ ދަށުން މޯގޭޖް ކޮށްފައިވާ އެންމެހާ ރަހުނުތަކުގެ ހައްގު ހޯދުމަށެވެ.

ޖާހް ކުންފުނިން ވަނީ ލޯނު ރަހުނުގެ ގޮތުގައި ބައެއް ގޯތިތައް ހިމަނާފައެވެ.

ސިވިލްކޯޓުން މި މައްސަލަ ބެލުމަށްފަހު ކުރި ހުކުމްގައި ވަނީ އެއްމަސްދުވަހުގެ ތެރޭގައި ލޯނަށްވާ އަދަދާއި ޝަރީއަތުގެ ހަރަދުތައް ދެއްކުމަށް އަމުރުކޮށްފައެވެ.

ސިވިލް ކޯޓުން މި ހުކުމް ކޮށްފައިވަނީ ޖާހް ކުންފުންޏާއި ގެރެންޓީދިން ފަރާތްތަކުގެ ޣައިރު ހާޒިރުގައެވެ.

ޖާހް ކުންފުނީގެ މައްޗަށް އެމްސީބީއަށް ޖުމްލަ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައިވާއިރު، މިދިޔަމަހުގެ ތެރޭގައި ޖާހްގެ މައްޗަށް ބޭންކް އޮފް ސިލޯނުން ނެގި އޯވަރޑްރާފްޓަކަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

ޖާހްގެ މައްޗަށް ދެ ބޭންކަކަށް ފައިސާ ދެއްކުމުގެ ހުކުމެއް އައިސްފައިވާއިރު، އެކުންފުނީގެ ހިއްސާދާރުން ހިމެނޭ ޖާހް އިންވެސްޓްމަންޓުން ހުޅުމާލޭގައި އިމާރާތްކުރަމުންދިޔަ ދަ ގާޑަންސް ޕްރޮޖެކްޓްވެސް ވަނީ އެހެންބަޔަކާ ހަވާލުކޮށްފައެވެ. އެޗްޑީސީން ދަ ގާޑަންސް ޓަވަރު ޖާހް އިންވެސްޓްމަންޓު އަތުން ނަގާފައިވަނީ އެތައް ތާރީހުތަކެއް ދިނުމަށްފަހުވެސް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުންނެވެ. ދަ ގާޑަންސް ޓަވަރު ނިންމަން ހަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް