Advertisement

އާރްޓީއެލްގެ ފެރީ ބަންނަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތަށް ފެރީ ބަނުމަށް އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި އެހީގެ ދަށުން 12 ފެރީއާއި އެއް ޒޯން ފެރީ ޓަރމިނަލް ތަރައްޤީ ކުރެވޭނެއެވެ.

ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ޔާސިރު ވިދާޅުވީ، މިވަގުތު 4 ފެރީއެއް ބަނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ފެރީތައް ބޭނުންކުރެވޭނީ ބެކަޕް ފެރީތަކެއްގެ ގޮތުގައެވެ.

Advertisement

“100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ވަނީ ލިބިފައި. އެއީ 12 ފެރީ ބަނުމުގެ މަސައްކަތަށް. އަދި ޒޯން 2ގެ މައި ފެރީ ޓަރމިނަލް، އުނގޫފާރުގެ ފެރީ ހަބް އަޅާނީ މި އެހީގައި. މި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނަން،” ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

އުނގޫފާރުގައި ތަރައްޤީކުރާ ފެރީ ޓަރމިނަލްގައި މަޑުކޮށްލައިގެން ތިބޭ ސަރަހައްދާއި، ފިހާރައަކާއި ފާޚާނާކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށް ޔާސިރު ވިދާޅުވިއެވެ. މި ޓަރމިނަލްގެ މަސައްކަތަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ސަރުކާރުން މިހާތަނަށް ވަނީ ރާއްޖޭގެ 11 އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށާފައެވެ. އެންމެ ފަހުން މި ޚިދުމަތް ފެށީ މިދިޔަ ޖުލައި މަހުގެ ފަހު ހަފްތާގައި ބ. އަތޮޅުގައެވެ. މިހާރު ތައްޔާރުވަމުންދަނީ ޒޯން 4 ގައި ހިމެނޭ މ، ފ، ދ، ތ އަދި ލ އަތޮޅުގައި ޚިދުމަތް ފެށުމަށެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އާރްޓީއެލްގެ ޚިދުމަތް ފެށުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން” ޝޯ ނުބޭއްވޭނެކަން އަންގައިފި

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް