އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުންދިން މައްސަލަ ރޭ ދަންވަރު 1:30 ހާއިރު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. ސްޓާ، މުހައްމަދު ރަޒީން، 49، ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އެމްޑީޕީ ހަރުގޭގައި ހުރި ދަގަނޑު ދޮރު ވަނީ ހަލާކުކޮށްލައިފަ އެވެ. ނަމަވެސް ހަރުގެ ތެރޭގައި ހުރި ތަކެއްޗަށް ގެއްލުން ދީފައެއް ނުވެ އެވެ.
މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގައި ވެސް ރަޒީން ހައްޔަރުކުރި އެވެ.


ކިޔުންތެރިންގެ ހިޔާލު