Advertisement

ރާއްޖޭގެ އޭއައި އެސެސްމެންޓް ރިޕޯޓް އިފްތިތާހް ކޮށްފި

ރާއްޖޭގެ އާޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިޕޯޓް ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

އެ ރިޕޯޓް އިފްތިތާހް ކުރީ އިސްލާމީ މަރުކަޒުގެ ޖަސްލާ ކުރާ މާލަމުގައި މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި އެން.ސީ.އައި.ޓީގެ ވެރިޔާ ޑރ. މުޙައްމަދު ކިނާނަތު އަދި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސް އެވެ.

Advertisement

މި މަސައްކަތަކީ ޔުނެސްކޯ ގެ އިސްނެންގެވުމުގެ މަތިން، އެން.ސީ.އައި.ޓީ އާއި އެކު ތަފާތު އެކި ދާއިރާތައް ތަމްސީލްވާގޮތަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީއަކުން ފާއިތުވީ 10 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.

އޭ.އައި ރެޑިނަސް އެސެސްމްނެޓް ރިޕޯޓް އެކުލަވާލާފައިވަނީ ޔުނެސްކޯއިން 2021 ވަނަ އަހަރު އެކަށައަޅައި، 193 ޤައުމަކުން ތަސްތީދުކޮށްފައިވާ ”ރިކޮމެންޑޭޝަން އޮން އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް“ އަސާސަކަށް ބަލައި އޭގައިވާ ގޮތުގެ މަތިން މުޖުތަމައުގެ އެންމެން ހިމެނޭގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު، އިންސާނީ ހައްޤުތަކާއި ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް އަދި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކޮށްދޭނެ އުސޫލްތަކެއްގެ މަތިން ކަންކަން ބައްޓަންކޮށް މުޖުތަމައުގެ ލާބަޔާ މަންފާ ހިމެނޭގޮތަށް އޭ.އައި ގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި މިކަންކަން ހާސިލްކުރުމުގައި ޒިންމާދާރުކަމާއި، ދެފުށް ފެންނާނޭހެން ފަރުދުންގެ ޒާތީ މައުލޫމާތަށް ރައްކާތެރިވުމަށް ބާރު އެޅުމަށްކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ކިނާނަތު ވިދާޅުވީ، މި ރިޕޯޓުގެ ސަބަބުން ޓެކްނޮލޮޖީއާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ތަންފީޒުކުރުމުގައި އިތުރު އެހީތެރިކަމެއް ލިބި އަދި ހާއްސަކޮށް އޭ.އައިގެ ރޮނގުން ކުރިއެރުން ހޯދުމުގެ ދުވެލި ބާރުވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއު ހިންގަވައިދެއްވި ކަމަށްޓަކައި ޔުނެސްކޯ އަށާއި، ”ރޭމް“ ސްޓިއަރިންގ ކޮމިޓީ އަދި އެން.ސީ.އައި.ޓީގެ ބޭފުޅުންނަށް ޝުކުރުދެންނެވިއެވެ.

މި ބައްދަލުވުމުގައި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސް އަދި އ.ދ.  އިން ދިވެހިރާއްޖޭއަށް ކަނޑަ އަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޯ ޒެންގް އަދި    ޔުނެސްކޯގެ ސައުތް އޭޝިޔާގެ ރީޖަނަލް އޮފީހުގެ ޗީފް އޮފް ސޯޝަލް އެންޑް ހިއުމަން ސައިންސް ސެކްޓަރ، މިސް އިންސޮގ ކިމްގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި ޓެކްނޮލޮޖީ ދާއިރާ ތަމްސީލްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް