ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒު މަންސޫރު އިސްތިއުފާދެއްވައިިފި އެވެ.

ފަޔާޒު އެމަގާމުން މިއަދު އިސްތިއުފާދެއްވި އިރު، މެނޭޖިން ޑިރެކްޓަަރަކަމުން މުހައްމަދު މައުރޫފް ޖަމީލު އިއްޔެ ވަނީ އިސްތިއުފާދެއްވައިފައެވެ.

Advertisement

ފަޔާޒު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން އެޗްޑީސީން ކަށަވަރުކޮށްދިން ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރެއެވެ.

ފަޔާޒު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރީ މިިދިޔަ ޑިސެންބަރު މަހު މައުރޫފް މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވެފައި، ޖެނުއަރީ މަހުގެ ތެރޭގައެވެ.

ފަޔާޒު ވަނީ އޮސްޓްރޭލިއާގެ ކުއީސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން ކުއަންޓިޓީ ސާވޭއިން ބެޗްލާސް އޮފް އާޓްސް އެންޑް ސައިންސަސް އަދި ނިއު ޒިލެންޑްގެ ވިކްޓޯރިއާ ޔުނިވާސިޓީ އޮފް ވެލިންގްޓަން އިން ބިލްޑިން ސައިންސް އިން މާސްޓާސް ހާސިލުކުރައްވައިފައެވެ.

އޭނާ 1996 އަހަރުން ފެށިގެން މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވީ ކުރެހުމާއި ޑިޒައިންކުރުމުގެ މަސައްކަތްކުރާ ކުންފުންޏެއް ކަމަށްވާ ގެޑޯ ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރެއްގެ ގޮތުގައެ

އަންނަ މަހު ރިޓަޔާކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވަނިކޮށް މައުރޫފް އިއްޔެ މަގާމުން އިސްތިއުފާދެއްވުމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ޑިރެކްޓަރުގެ މަގާމަށް، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވަނީ އައްޔަނުކުރައްވައިފަ އެވެ.