Advertisement

މަތީ ތަޢުލީމީ ދާއިރާއަށް ތަރައްޤީ ގެނައުމާއިމެދު ސަޢޫދީއާއެކު މަޝްވަރާ ކުރައްވައިފި

މަތީ ތަޢުލީމީ ދާއިރާއަށް ތަރައްޤީ ގެނައުމާއިމެދު ސަޢުދީ އަރަބިޔާގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު،  ހިޒް އެކްސެލެންސީ، ޔަހްހާ ހަސަން އަލްޤަތަނީ އާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ސަޢުދީ ސަފީރު ޔަހްހާ ހަސަން އަލްޤަތަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދުގެ އަރިހައް ކުރެއްވި ޒިޔާރާތުގައެވެ.

Advertisement

މި ބައްދަލުވުމުގައި، ދެ ޤައުމުން ގުޅިގެން މަތީ ތަޢުލީމީ ދާއިރާއަށް ތަރައްޤީ ގެނައުމާއިމެދު ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން، ސްޓޫޑަންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ޢިލްމީ ދިރާސާކުރުމުގެ ޕްރޮޖްކްޓްތަކުގެ އިތުރުން ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމާއި ގުޅޭ ޕްރޮގްރާމްތަށް ކުރިއަށްގެންދިޔުމަށް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ބޭރުގެ ޤައުމުތަކާއި އެކު ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކާއި ގުޅުން ބަދަހިވެ، ދިވެހި ދަރިވަރުންނަށް ބޭރުގެ މަޤްބޫލް ޔުނިވާސިޓީތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތަށް އިތުރުވެގެންދާނެކަމަށެވެ. މިއީ، ދިވެހިރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން ޒުވާނުން ބިނާކުރުމާއި ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް