ލ. މާވަށުގައި މިދިޔަ ހޯމަ ދުވަހު ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވި ނަލަހިޔަ، ލ. މާވަށް، މޫސާ އިބްރާހިމް (29އ) ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މުއައްސަސާއިން މިހާރު ދަނީ މޫސަގެ ހަށިގަނޑު އޮޓޮޕްސީއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ކަމަށެވެ. ނަމަވެސް ފޮނުވަން ނިންމާފައިވަނީ ކޮން ގައުމަކަށް ކަމެއް އަދި ކޮން ދުވަހަކުން ކަމެއް ހާމައެއް ނުކުރެއެވެ،
ތަހުގީގަށް ބޭނުންވާ ބައެއް ސާމްޕަލްތައް ނެގުމަށް ހޯމަ ދުވަހުގެ ރޭ މޫސަގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.
މޫސަގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ، އަސަރީ މަންޒިލް، ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް (29އ)، ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
މުހައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މޫސައަށް ހަމަލާދިނުމަށް ބޭނުން ކުރި ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ވަނީ ހޯދައިފައެވެ.


ކިޔުންތެރިންގެ ހިޔާލު