Advertisement

ބިންހެލުމާ ގުޅިގެން އުފެދިފައިވާ ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ:މެޓް

ރަޝިއާ ކައިރިއަށް ރޭ އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ދިވެހިރާއްޖެއަށް ނުކުރާނޭކަމަށް މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ރަޝިއާ ކައިރިއަށް އައި ބިންހެލުމާ ގުޅިގެން އެހިސާބުގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އަސަރު ކުރިނަމަވެސް، ރާއްޖެއަށް ސުނާމީގެ އަސަރު ނުކުރާނޭކަމަށެވެ.

Advertisement

ރޭ އެ ބިންހެލުން އައިސްފައިވަނީ ރަޝިއާގެ އިރުމަތީ އައްސޭރިފަށުގެ ހިސާބަށެވެ. ރަޝިއާގެ ކަމްޗަޓްކާ ޕެނިންސިއުލާއަށް 8.8 މެގްނިޓިއުޑް ބާރުމިނުގައި އައި މި ބިން ހެލުމުގެ ސަބަބުން އެ ސަރަހައްދުތަކުގެ އިމާރާތްތަކަށްވެސް ވަނީ ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް މިހާރު ވަނީ ރަޝިއާގެ އައްސޭރިފަށުގެ ހިސާބުތަކުގެ އިތުރުން ޖަޕާނުގެ ރަށްތަކަށް އަރަން ފަށާފައެވެ. ރޭ ރަޝިއާ ކައިރިއަށް އައި މި ބިންހެލުމަކީ، 2011 ވަނަ އަހަރަށްފަހު 6 ވަނައަށް ރެކޯޑްކުރެވުނު އެންމެ ބާރުގަދަ ބިންހެލުމެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދީފައިވަނީ ޕެސިފިކް ކަނޑުގައިވާ ޤައުމުތަކާއި ރަށްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް