Advertisement

މޫސަ މަރާލި ކަމަށް ކޯޓުގައި މުހައްމަދު އިއުތިރާފު ވެއްޖެ

ލ. މާވަށުގައި، އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް ,29, އަށް ވަޅިން ހަމަލާދީ އިއްޔެ މަރާލާފައި ވާކަމަށް, ކޯޓުގައި އިއުތިރާފް ވުމުން މި މައްސަލައިގައި ތުހުމަތު ކުރެވޭ, މުޙައްމަދު އިބްރާހީމް, 29, ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މޫސަގެ ކަރަށް ވަޅިން ހަމަލާ ދިނުމަށް ފަހު މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ. އަދި އޭނާ މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މޫދަށް އެއްލާލި ސަރަހައްދު ވެސް ފަހުން އޭނާ ވަނީ ފުލުހުންނަށް ދައްކައިފައެވެ.

Advertisement

މި މައްސަލައިގައި މުހައްމަދު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ހެނދުނު ވަނީ މާވަށު ކޯޓަށް ހާޒިރު ކޮށްފައެވެ.

މޫސަ މަރާލުން: ހަވާލުވީ ވެސް ވަޅި ދެއްކީ ވެސް އަމިއްލައަށް! 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޙައްމަދު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

“ހަވާސާ” އަށް އެނގިފައިވާ ގޮތުގައި ކޯޓުން އެ ގޮތަށް އަމުރު ކުރީ މޫސަގެ ކަރަށް ވަޅިން ހަމަލާދިން ކަމަށް ކޯޓުގައި މޫސަ އެއްބަސްވެސް ވެފައިވަނިކޮށެވެ.

މާވަށު މީހުން ބުނަނީ މިއީ މަސްތުވާތަކެއްޗާ ގުޅުންހުރި ކަމެކޭ

މި ހާދިސާގައި މަރުވި, މޫސަ އާއި ވަޅި ހެރި ކަމަށް ތުހުމަތު ކުރެވޭ, ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު, 29, އަކީ ވެސް މަސްތުވާތަކެތީގެ ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ޒުވާނުންނެވެ. އޭގެ ތެރެއިން މޫސައަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ވިއްކާ އެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމަށެވެ. މުހައްމަދަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށެވެ. މީގެ ތެރެއިން ވަރުގަދަ ކަމަށް މުޅި އެ އަތޮޅަށާއި މާލެއަށް ވެސް މަޝްހޫރު މީހަކީ މަރުވި މޫސައެވެ.

އިއްޔެ މި ދެ މީހުންގެ މެދުގައި ހިނގި މާރާމާރީ އަކީ މޫސަ އަތުން މުހައްމަދު ގަތް މަސްތުވާތަކެއްޗަށް ފައިސާ ނުދީގެން މީގެ ދެތިން ދުވަސް ކުރިން ފެށިގެން ހިނގަމުން އައި މާރާމާރީއެއް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. އެގޮތުން އިއްޔެ މަގުމަތިން މުހައްމަދު ހިފަހައްޓައި މާރާމާރީ ހިންގަމުން ދަނިކޮށް މުހައްމަދު އަތުގައި އޮތް ވަޅިއެއް ނަގައި އޭނާ މޫސަ ކަރުގައި އެޅީ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

މި މާރާމާރީ ހިންގުމަށް ފަހު ދުވެފައި މުހައްމަދު ދިޔައީ އެ ރަށު ފުޓްބޯޅަ ދަނޑާ ދިމާލު މޫދަށް ކަމަށާއި އެ މޫދަށް ވަޅި އެއްލާލައި ގާތްދޮވެގެން އެ ރަށުގެ ފުލުހުންގެ މަރުކަޒަށް ގޮސް އޭނާ ފުލުހުންނާ ހަވާލުވީ ކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ގާތިލު ކަމަށް ތުހުމަތު ކުރެވޭ މުޙައްމަދަކީ ވެސް ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އޭނާ މާވަށަށް ގޮސް އުޅުނީ އެ ރަށު އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވެއެވެ.

މި މާރާމާރީގައި މަރުވި މޫސަގެ ހަށިގަނޑު ރޭ ދަންވަރު ފުލުހުން ވަނީ މާލެ ގެނެސްފައެވެ. ފުލުހުން އޭނާގެ ހަށިގަނޑު ނުވަޅުލައި މާލެ ގެނައީ އިތުރު ތަހުލީލުތައް ކުރުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް