Advertisement

ބޭންކް އޮފް މޯލްޑިވްސް އަށް 6 މަހުން ބިލިއަން ރުފިޔާގެ ފައިދާ

ބޭންކް އޮފް މޯލްޑިވްސް އަށް މި އަހަރުގެ ފުތރަތަމަ ހަ މަސް ތެރޭގައި 1 ބިލިއަން ރުފިޔާގެ ފައިދާ ވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުން އެ ބޭންކަށް ލިބިފައިވާ ފައިދާ އަކީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު އެ ބޭންކަށް ލިބިފައިވާ ފައިދާ އާއި އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

Advertisement

މީގެ އިތުރުން މި އަހަރުގެ 2 ވަނަ ކުއާޓަރުގައި އެ ބޭންކަށް 790 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު މި އަދަދަކީ މިދިޔަ އަހަރުގެ 2 ވަނަ ކުއާޓާގައި އެ ބޭންކަށް ލިބިފައިވާ ފައިދާއަށްވުރެ 232 މިލިއަން ރުފިޔާގެ އިތުރު ވުމެކެވެ. އެހެންކަމުން އެބޭންކަށް މިދިޔަ އަހަރުގެ 2 ވަނަ ކުއާޓާގައި ލިބިފައިވާ ފައިދާއާއި އަޅާބަލާއިރު 24 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ބުނެފައިވެއެވެ.

އަދި މި އަހަރުގެ 2 ވަނަ ކުއާޓަރުގައި އެ ބޭންކުން 21.3 ބިލިއަން ރުފިޔާ ގެ ލޯނު ދޫކޮށްފައިވާ ކަމަށާއި، 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާ އެކު، އެ ބޭންކުގެ ޖުމްލަ އެސެޓުގެ އަދަދު 51 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ބުންޏެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ބީއެމްއެލުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް 3 ބިލިއަން ރުފިޔާގެ ލޯނު ދޫކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން” ޝޯ ނުބޭއްވޭނެކަން އަންގައިފި

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް