Advertisement

ރައީސް ޔާމިން އާށާއި ރައީސް ސޯލިހް އަށް ރައީސް މުއިޒް ޝުކުރު ދަންނަވައިފި

ހުޅުލޭގައި އިއްޔެ ރޭ ބޭއްވުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙަށް ޝުކުރު ދަންނަވައިފިއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މި ޕްރޮޖެކްޓަކީ ގިނަ ބައެއްގެ މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށް ފާހަގަކުރައްވަމުންނެވެ.

ރައީސް ޑރ. މުޢިއްޒު މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ކަމަށެވެ. އެ މަސައްކަތް ފައްޓަވާދެއްވީތީ، ރައީސް ޔާމީނަށް ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި މިހާރުގެ ސަރުކާރާ ހަމައަށް މި ބޮޑު މަޝްރޫޢުގެ މަސައްކަތް ގެނެސްދެއްވީތީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙަށް ވެސް އެ މަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.

Advertisement

އިއްޔެ ރޭ ހުޅުލޭގައި ބޭއްވުނު މި ބޮޑު ހަފްލާގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވިގެން ދިޔައީ ވަރަށް ތަފާތު ގޮތަކަށެވެ. ހަފްލާގެ ތެރެއިން ޑްރޯން ޝޯއެއްގެ އިތުރުން ވަރަށް ރީތި ބަޑިބޭހުގެ ކުޅިވަރެއް ވަނީ ދައްކާލާފައެވެ. މި ހަފްލާގައި ސަރުކާރުގެ އިސްވެރިންނާއި، ދައުލަތުގެ މުއައްސަސާތަކުގެ ބޭފުޅުންނާއި، ދެމިހުރި ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާއި، އެއަރޕޯޓްގެ މުވައްޒަފުންގެ އިތުރުން ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް