Advertisement

މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް: މޯދީ

ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެ ވަޑައިގަތުމަކީ ލިބޭ ފަހުރެއް ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން މޯދީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

Advertisement

މި ދަތުރުފުޅުގައި ރައީސް މުއިއްޒާއެކު ކުރައްވާ މަޝްވަރާތަކުން އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައި މި މަހުގެ 25-26 އަށެވެ.

މިދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒާއި މޯދީ ބައްދަލުކުރައްވާމަތީ ފެންވަރުގެ މަޝްވަރާތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މޯދީގެ މިދަތުރުފުޅުގައި އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހް ކުރުމާއި އަދި ދެ ގައުމުގެ ދެމެދުގައި ބައެއް މުހިއްމު އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް