Advertisement

މަޝްހޫރު “ޝިޕްރެކް” އޮޔާދަނީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެދެފި

ގިނަ ބަޔަކު ޒިޔާރާތް ކުރާ ވ.އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށްއަރާފައި އޮންނަ ޝިޕްރެކް ފަރުން ނެއްޓި އޮޔާދާން ފަށައިފިއެވެ.

ވ. ޝިޕްރެކަކީ ފަތުރުވެރިންނާއި، ދިވެހިންގެ ތެރޭގައިވެސް މަޤުބޫލުކަން ލިބިފައިވާ އެއްޗެކެވެ. މިކަމާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ، ވާވު އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާކަމަށެވެ. އެހެންކަމުން ދަތުރުވެރިން މިކަމަށް ސަމާލުވުމަށް ދިފާޢީ ބާރުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

އެ އިދާރާއިން ވިދާޅުވީ، މިބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށެވެ. އެހެންކަމުން ވާވު އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އަންގާފައެވެ.

ވ. ޝިޕްރެކަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ދިވެހިންވެސް ޒިޔާރާތްކުރާ މަންޒިލެކެވެ. މި ތަނަށް ޒިޔާރާތްކޮށް، ފީނާ ހެދުމަށް ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ތަފާތު އަގުތަކުގައި ޚާއްޞަ ޕެކޭޖުތަކެއް ހަދާފައިވެއެވެ. ޝިޕްރެކް އޮޔާދިއުމާއެކު ވ.ލޯކަލް ޓޫރިޒަމްއާއި އެހިސާބު ރިސޯޓު ތަކަށް ގެއްލުންތަކެއް ވާނެ ކަމަށްބެލެވެއެވެ. ހަމައެއާއެކު ޝިޕްރެކް އޮޔާދާ ޚަބަރާއެކު ގިނަ އަދަދެއްެގެ ދިވެހިންވެސް ދަނީ ސޯޝަލްމީޑިއާގައި ހިތާމަވެރި ޝުޢޫރު ފާޅުކުރަމުންނެވެ.

ރާއްޖެއަށް މިއަހަރުގެ ކުރީކޮޅު ކުރި ގަދަ ވިއްސާރާގައި މި ޝިޕްރެކް ފުށުން ޖަހާލައި، ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ. ޝިޕްރެކް އަށް ލިބުނު ގެއްލުންތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އޭރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެންމެ ފަހުން މި ހިތްގައިމު ޝިޕްރެކް މިވަނީ އެއްކޮށް ގެއްލި އޮޔާ ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް