Advertisement

ޒަކިއްޔާއަށް އިންސާފް ހޯދަދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރާއި ގުޅިގެން އެ އާއިލާއާ ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އަޑުއައްސަވައިފި އެވެ.

ނޫނު އަތޮޅުގެ 13 ރަށަކަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު ވަނީ ހޮޅުދޫއަށް ވަޑައިގެންފަ އެވެ. ރައީސް ވަޑައިގެންނެވި ވަގުތާއި ދިމާކޮށް އެ ރަށުގައި ވަނީ ހިމޭން އިހްތިޖާޖެއް ކޮށްފަ އެވެ.

Advertisement

ޒަކިއްޔާގެ އާއިލީ ބައެއް މެންބަރުންނާއި އެ ރަށުގެ ބައެއް އާންމުން ތިބީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ. ބައެއް ބޯޑްތަކުގައި ލިޔެފައި ވަނީ “ޤާތިލަކުވޭ, ހޯދައިދީ” އަދި “300 ދުވަސްވީއިރު ޤާތިލު މިނިވަން ކަމާއެކު” ފަދަ ޝުޢޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ.

ރައީސް ވަނީ އެ މީހުން ތިބި ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި އެ މީހުންނާއި ބައްދަލު ކުރެއްވި އެވެ. އެ މީހުންގެ ހުރިހާ ޝަކުވާތަކެއް ރައީސް އަޑުއެއްްސެވިއެވެ.

އަދި ވިދާޅުވީ އެކަން ފަސޭހަ ކޮށް ނުނަަންގަވާނެ ކަމަށެވެ. ޒަކިއްޔާގެ މަރުގެ މައްސަލަ ވަރަށް ގާތުން ބައްލަވނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި އެ ރައްޔިތުންނަށް ދެއްވީ އިންސާފުގެ ޔަގީން ކަމެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒަކިއްޔާ މަރުވި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ، އާންމު ރައްޔިތުން ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެއެވެ.

އަދި ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫން ކަމަށާ އެއީ ބަޔަކު / މީހަކު ކުރި ކަމެއް ކަމަށް އާއިލާގެ ގިނަ މީހުންނާއި އެ ރަށުގެ ގިނަ ބަޔަކު ދެކެއެވެ.

މީގެ ކުރީން އެ މައްސަލާ ގައި އެ ރަށުގައި ސިލްސިލާ ކޮށް މުޒާހަރާ ވެސް ކޮށްފައިވެ އެވެ. ޒަކިއްޔާގެ މަރާއި ގުޅިގެން އޮޓޮޕްސީ ހަދާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް