Advertisement

ޖުލައި 26 ގެ ޕްރެކްޓިސްތަކައް ބަންދުކުރުމުން މާލޭގެ މަގުތަށް ތޮއްޖެހިއްޖެ

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލްއަށް މިއަދުގެ ބައެއް ވަގުތުތަކުގައިވެސް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުވާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލްއަށް މިއަދުގެ 16:00 އިން 18:00 އަށް އަދި މިރޭ 19:45 ފެށިގެން ރިހާސަލް ނިމެންދެން ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

ފޮޓޯ: އަޙްމަދް އަޙްނަފް

އެގޮތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ރައީސް އޮފީސް ސަރަހައްދުން ފެށިގެން އެމްއެމްއޭ ކަންމައްޗާއި ހަމައަށް ބަންދުކުރުމަށް ވަނީ ނިންމާފައި އެވެ. އަދި ޗާންދަނީ މަގުގެ ބޮޑު ސަރަހައްދެއް ބަންދުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. މީގެ އިތުރުން ޖުމްހުރީ މައިދާއި ގުޅޭ ހުރިހާ މަގެއްވެސް އެވަގުތުތަކުގައި ބަންދުވާނެއެވެ.

މިއަހަރު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި އެވެ. އެގޮތުން އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓުކޯގެ ޕެރޭޑްގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރު އަދި ސަގާފީ އައިޓަމްތަކާއި އެކު ޒަމާނުއްސުރެ ބާއްވަމުން އަންނަ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދާނީ ޖުމްހޫރީ މައިދާނުގައިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް