Advertisement

އަމާޒަކީ ނޮވެމްބަރުމަހުގައި ހެނބަދޫގެ ބިން ހިއްކަން ފެށުން: ރައީސް

އަމާޒަކީ ނ. ހެނބަދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނޮވެމްބަރު މަހު ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނބަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ 2025 އަދި 2026 ވަނަ އަހަރަކީ އުމްރާނީ ތަރައްގީގެ ހުރިހާ މަޝްރޫއެއް ފެށިގެންދާނެ ދެ އަހަރު ކަމަށެވެ. އެގޮތުން މިއަހަރު ބައެއް މަޝްރޫއުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އަންނަ އަހަރު ވެސް އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ހެނބަދުއަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވައުދުފުޅަކީ އެރަށުގެ ބިން ހިއްކެން އޮތް އެންމެ ބޮޑުމިނަކަށް ހިއްކައިދިނުމަށް ވެވަޑައިގެންނެވި ވައުދު ކަމަށެވެ. އެގޮތުން ދެން އެންމެ އަވަހަށް ކޮންޓްރެކްޓް ކުރަން ހުޅުވާލާ މަޝްރޫއުގެ ތެރޭގައި އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ހިމެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފޮޓޯ: ރައީސް އޮފީސް

ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ރަށުގެ ކައުންސިލާ މަޝްވަރާ ކުރައްވާނެ ކަމަށާއި ތަފްސީލީ ޑިޒައިނެއް ހަދާނީ މަޝްވަރާތަކަށް ފަހު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޑިޒައިން ނިމުމުން މަޝްރޫއުގެ މަސައްކަތް ހަވާލު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“އަމާޒަކީ ސެޕްޓެމްބަރު މަހާ ހަމަޔަށްދާއިރަށް އަޅުގަނޑުމެންނަށް ކޮންޓްރެކްޓްގައި ސޮއިކުރެވި ބަޔަކު ހަމަޖެހިގެން ދިއުން. ދެން އޭގެ ދެމަހެއްހައި ދުވަސް ތެރޭގައި، މާނައަކީ ނޮވެމްބަރު ހިސާބުގައި، އަޅުގަނޑުމެން އަމާޒު، ޕްލޭން ކަނޑައަޅާފައި އޮތް ގޮތް މި ދަންނަވަނީ، އަޅުގަނޑުގެ އަމާޒަކީ، ސަރުކާރުގެ އަމާޒަކީ ނޮވެމްބަރު ހިސާބުގައި އަމަލީ މަސައްކަތް ފެށުން،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއުގެ ދަށުން އެރަށުގެ ހަ ހެކްޓަރުގެ ބިން ހިއްކިގެންދާނެ ކަމަށާއި ބިން ހިއްކުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ހައުސިން މަޝްރޫއުތަކަަށާއި ކުޅިވަރުގެ ޖާގަތަކަށް އެ ބިން ބޭނުން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހެނބަދޫގެ ފުޓްބޯޅަ ދަނޑު ހަދައިދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއާއެކު އެ މަސައްކަތް ވެސް ހަވާލު ކުރައްވާނެ ކަމަށެވެ. ނޮވެމްބަރުގައި ދަނޑުގެ މަސައްކަތް ވެސް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް