Advertisement

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ނިމުމަކާ ގާތަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާނެކަން ސަރުކާރުން އިޢުލާނުކޮށްފަވާއިރު، މިހާރު ކުރިއަށްދަނީ އެއަރޕޯޓްގެ އިމާރާތްތަކުގެ ފިނިޝިންގ މަސައްކަތްތަކެވެ.

ފޮޓޯ: އަބްދުﷲ ނާސިރު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅިން އައު ޕްރޮޖެކްޓެއްގެގޮތުގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަސައްކަތް ކުރިއަށްގެންދާ ރީޖަނަލް އެއަރޕޯޓްސް ކުންފުނިން މަޢުލޫމާތުދޭގޮތުގައި، މުޅި މަޝްރޫޢުގެ %91 މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

Advertisement

ވަކިވަކި މަސައްކަތްތަކަށް ބާލާއިރު، ޕެސެންޖަރ އަދި ޖެޓީ ޓަރމިނަލް ބިލްޑިންގެ %92 ވަނީ ނިމިފައެވެ. ދިވެހި ވަންތަކަން ދައްކުވައިދޭ ޒަމާނީ ފަރުމާއަކަށް އިމާރާތްކޮށްފަވާ ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓަރމިނަލެކެވެ. ރަންވޭއާއި އޭޓީސީ ޓަވަރު، ކަރގޯ ބިލްޑިން، ހެންގަރު ޓެކްސީވޭ އަދި ޔުޓިލިޓީ ފެސިލިޓީތަކުގެ %99 މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.

 

ފޮޓޯ: އަބްދުﷲ ނާސިރު

މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ އެއަރޕޯޓް ޓަރމިނަލްގެ ފިނިޝިންގ މަސައްކަތްތަކެވެ. އެގޮތުން ޓަރމިނަލްގެ އެރައިވަލްގައި ބޭނުންކުރާ ވަސީލަތްތައް އިންސްޓޯލްކޮށް ޓެސްޓުކުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ.

ޑިޕާޗަރ އޭރިއާ ނުވަތަ އެއަރޕޯޓުން ފުރާ މީހުން ބޭނުންކުރާ ސަރަޙައްދުގައި ކުރަމުންދަނީ، އިމާރާތުގެ ފިނިޝިންގ މަސައްކަތްތަކެވެ. އެއަރޕޯޓްގެ ޖެޓީގެ މަސައްކަތްތައްވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. ހަނިމާދޫ އެއަރޕޯޓްގައި ޓަރމިނަލް ފްރަންޓް ބިލްޑިންގުވެސް ހިމެނެއެވެ. މި އިމާރާތަކީ އެއަރޕޯޓް ބޭނުންކުރާ މީހުން މަޑުކޮށްލައިގެން ތިބުމާއި، އަދި ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށް ހަދާފައިވާ ތަނެކެވެ. އެއަރޕޯޓާ ގުޅޭ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ގާތްގަނޑަކަށް މުޅިން ނިންމާފައެވެ.

މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގް 737 ގެ މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. ހަނިމާދޫ އާ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފަ ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެއީ 3 އެއަރބަސް އަދި 6 އޭޓީއާރް މަތިންބޯޓަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައެވެ.

 

ފޮޓޯ: އަބްދުﷲ ނާސިރު

ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި ޓަރމިނަލްގެ މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ހުންނާނީ ހަނިމާދޫ އެއަރޕޯޓްގައެވެ.

ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ މި މަޝްރޫޢުގައި، ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.

މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް 24 ގަޑިއިރު މަސައްކަތްތައް ކުރިއަށްގެންދަމުންދާއިރު، އެއަރޕޯޓް މަސައްކަތުގައި 800 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތުގައި ހަރަކާތްތެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް