Advertisement

“ގެދޮރުވެރިޔާ” ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ހަވާލުކުރުމުގެ މަސައްކަތް ފަށައިފި

“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ގުޅިގެންނެވެ.

Advertisement

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފްލެޓުތަކުގެ މަސައްކަތް ނިންމައި ހަވާލުކުުމަށް ތައްޔާރުކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. އަދި އެކަމާ ގޫޅޭ އެންމެހާ މުއާމަލާތްތައް ކުރިއަށް ގެންދާނީ އެފްޑީސީން ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީއެފްސީއަށް ފޮނުވާ ފަރާތްތަކަށް އެކަން އަންގާނީ “ގެދޮރުވެރިންގެ ޕޯޓަލް” މެދުވެރިކޮށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. ޕޯޓަލް މެދުވެރިކޮށް ނާންގާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން އަދި އެފްޑީސީން ނުގުޅާނެ ކަމަށާއި މެސެޖު ނުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްޑީސީން އެންމެ ފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފައެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށްވެސް އެ ޔުނިޓުތަކުން ކޮމާޝަލް ޖާގަތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ މަހުގެ 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވެފައިވަނީ، 4،000 ފްލެޓުގެ ތެރެއިން މިހާތަނަށް އަދި ނިމިފައިވަނީ 1،000 ފްލެޓް ކަމަށެވެ. ނަމަވެސް، އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅައި ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށާއި ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލު ކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް