Advertisement

އެއާރޕޯޓު ސެކިއުރިޓީ މުވައްޒަފުންގެ މަސައްކަތު ވަގުތު 2 ގަޑިއިރަށް މަދުކޮށްފި

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވެސެކޮމް) ގެ މުވައްޒަފުންގެ މަސައްކަތު ގަޑިން 2 ގަޑިއިރު މަދުކޮށްފިއެވެ.

މި ބަދަލު ހިމަނާފައި ވަނީ އޮފިސަރުންގެ މަސައްކަތު ގަޑި އާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަން ޖެހޭ ގޮތުގެ ޤަވާއިދަށް ގެނައި ފުރަތަމަ އިސްލާޙުގައެވެ.

Advertisement

އެ ޤަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު 6 ގަޑިއިރެވެ. މީގެ ކުރިން އެ އޮފީހުގެ ރަސްމީ މަސައްކަތު ވަގުތަކީ 8 ގަޑިއިރެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފް މޯލްޑިވްސް (އެވްސެކޮމް)ގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންނަކީ އެއާޕޯޓުގެ ޓާމިނަލްތަކަށް ވަންނަ މީހުންނާއި އެ މީހުންގެ ލަގެޖު ޗެކުކޮށް، ސެކިއުރިޓީގެ އެންމެހާ ކަންކަން ބަލަހައްޓާ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް