Advertisement

ވަކި ސަބަބެއް ނާންގާ މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފި

ވަކި ހާއްސަ ސަބަބެއް ނާންގާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފި އެވެ.

ހަފްތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބުނެ އެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް އާންމުގޮތެއްގައި ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.

Advertisement

މީގެ ކުރިން ވެސް މަޖިލީހުގައި ކުރާނެ ވަކި މަސައްކަތެއް ނެތުމުން ކަމަށް ބުނެ މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރާ މައްސަލައާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ތުހުމަތު ކުރާ ގޮތުގައި މަޖިލީހުގައި ކުރާނެ މާބޮޑު މަސައްކަތްތަކެއް ނޯންނަނީ މަޖިލީހަށް ބަންޑާރަނައިބުގެ އޮފީހުން ފޮނުވަންޖެހޭ ބިލުތައް ނުފޮނުވާ ލަސްވާތީ އެވެ.

މަޖިލީހަށް ވަޒީރުން މަޖިލީހުން ހާޒިރުކުރަން މެންބަރުން އެދުމުން ވެސް އެ ބޭފުޅުން ހާޒިރުނުކުރާތީ އާއި ވަކި ހާއްސަ ސަބަބަކާ ނުލާ މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާތީ އެކަމުގެ ކަންބޮޑުވުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މިގެ ކުރިން ފާޅުކޮށްފަ އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ބަހުސްކުރުމުގެ ފުރުސަތަށް މެމްބަރުން އެދުނު ނަމަވެސް ޖަލްސާ ނިންމާލާފައި ވެސް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް